ގްލޯބަލް ސުމޫދު ފްލޮޓިލާ ބޯޓުގައި  ތިބި އެކްޓިވިސްޓުންނާއި ސިޔާސީ ބޭފުޅުން އިސްރާއީލު  ސަހްޔޫނީން  ވަނީ ބަންދުކޮށްފައެވެ.  އޭގެ  ތެރޭގައި  ކޮލަމްބިއާގެ ދެ ރައްޔިތަކު  ހިމެނޭއެވެ.  މިކަމާއި  ގުޅިގެން ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އިސްރާއީލުގެ މުޅި ޑިޕްލޮމެޓިކް ވަފުދު އެގައުމުން ވަކިކުރުމަށް  ވަނީ އަމުރުކޮށްފައެވެ. 

ތިރީގައި  އެވަނީ އިސްރާއީލު  ސަހްޔޫނީން  ފުރަޔަމަ ބަންދު  ކުރި އެކްޓިވިސްޓުންނާއި  ސިޔާސީ ބޭފުޅުންގެ  މައުލޫމާތެވެ. 

🇸🇪 ގްރެޓާ ތަންބަރގް – މޫސުމާ ބެހޭ އެކްޓިވިސްޓް

🇿🇦 މަންދުލާ މަންޑޭލާ – ނެލްސަން މަންޑޭލާގެ ކާފަދަރިކަލުން

🇧🇷 ލުއިޒިއަން ލިންސް – ބްރެޒިލްގެ ކޮންގްރެސް މެންބަރު

🇵🇰 މުޝްތާގު އަހުމަދު ޚާން – ކުރީގެ ސެނެޓަރ

🇨🇴 މަނޫއެލާ ބެޑޯޔާ – ކޮލަމްބިއާގެ އެކްޓިވިސްޓް

🇨🇴 ލޫނާ ބާރެޓޯ – ކޮލަމްބިއާގެ އެކްޓިވިސްޓް

🇧🇷 ބްރޫނޯ ގިލްގާ – ބްރެޒިލްގެ ޔޫނިއަން ލީޑަރު

🇲🇾 ޒީޒީ ކިރާނާ – މެލޭޝިއާގެ ލަވަކިޔުންތެރިޔާ

🇲🇾 ފަރާ ލީ – އިންފްލޫއެންސަރ

🇲🇾 ހެލިޒާ & ހަޒްވާނީ ހެލްމީ – އެކްޓިވިސްޓުން

🇧🇷 ތިއާގޯ އަވިލާ – އޯގަނައިޒާ

🇩🇪 އެނިސާ އަމާނީ – ކޮމެޑީ & އެކްޓިވިސްޓް

🇪🇸 އަޑާ ކޮލައު – ބާސެލޯނާގެ ކުރީގެ މޭޔަރު

🇸🇪 ގުސްޓާފް ސްކާސްގާޑް – އެކްޓަރު 

🇲🇽 އާލިން މެޑްރާނޯ + އިތުރު 5 މެކްސިކޯ މީހުން

🇮🇪 އަޔަލޭންޑްގެ ސެނެޓަރ ކްރިސް އެންޑްރޫސް

🇺🇸 ޖޭސްމީން އިކެޑާ — އެމެރިކާގެ ރައްޔިތެއް

🇪🇸 ނެސްޓަރ ޕްރިއެޓޯ — ނޫސްވެރިޔާ

🇵🇸 ރީމާ ހަސަން — ޔޫރަޕިއަން ޕާލަމެންޓްގެ މެންބަރު