ކުއްލި ޚަބަރު: ޒަޙަމް ވި މީހާ އިތުރު ފަރުވާއަށް އުނގޫފާރަށް ގެންދަނީ!

މިރޭ އިރާކޮޅުގެ ވަގުތުގައި  ދުވާފަރުގެ ހިއްކި ބިމުގެ ސަރަޙައްދުން  46 ތަނަކަށް ވަޅިން ހަމަލާ ލިބި، ޒަޙަމް ވެފައިވާ މީހާ އިތުރު ފަރުވާއަށް އުނގޫފާރަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ޒަޚަމްވި މީހާ މިހާރު ވަނީ ހޭއަރާފައެވެ.  އިތުރު ތަފްޞީލު އަންނަނީ.

ކުއްލި ޚަބަރު: ޒަޙަމް ވި މީހާ އިތުރު ފަރުވާއަށް އުނގޫފާރަށް ގެންދަނީ!

މިރޭ އިރާކޮޅުގެ ވަގުތުގައި  ދުވާފަރުގެ ހިއްކި ބިމުގެ ސަރަޙައްދުން  46 ތަނަކަށް ވަޅިން ހަމަލާ ލިބި، ޒަޙަމް ވެފައިވާ މީހާ އިތުރު ފަރުވާއަށް އުނގޫފާރަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ޒަޚަމްވި މީހާ މިހާރު ވަނީ ހޭއަރާފައެވެ.  އިތުރު ތަފްޞީލު އަންނަނީ.

ކުއްލި ހަބަރު:   ދުވާފަރު ހިއްކި ފަސްގަނޑުގައި ޒަހަމްތަކަކާއި އެކި އޮތް ބިދޭސިއެއް ފެނިއްޖެ.

ކުއްލި ހަބަރު: ދުވާފަރު ހިއްކި ފަސްގަނޑުގައި ޒަހަމްތަކަކާއި އެކި އޮތް ބިދޭސިއެއް ފެނިއްޖެވެ. ރ.ދުވާފަރު ހިއްކި ފަސްގަނޑުގައި ޒަހަމްތަކަކާއި އެކި އޮތް ބިދޭސިއެއް ފެނިއްޖެއެވެއެވެ.ފުލުހުން ވިދަޅުވިގޮތުގައި ރ. ދުވާ ފާރުގައި ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެއް 2026 އޭޕްރީލް 28 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. އެމީހާއަށް އެރަށު ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އާދަޔާ ޚިލާފަށް ކަރަންޓު ބިލުބޮޑުވުމުން އަނގޮޅެތީމު އިހުތިޖާޖުގައި!

މި މަހުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުވެފައިވާކަމަށް ބުނެ، ރ. އަތޮޅު އަނގޮޅެތީމުގައި މިއަދު އިހުތިޖާޖުކޮށްފިއެވެ.  އަނގޮޅެތީމުގެ ރައްޔިތުންގެ ކަންބޮޑުވުން އިހުތިޖާޖެއްގެ ގޮތުގައި ފާޅުކޮށްފައިވަނީ އާންމުކޮށް ކަރަންޓު ބިލު އެރަށުގެ ގޭބިސީ ތަކުގައި ހުންނަ ވަރަށްވުރެ ދެ ގުނައަށް ބޮޑުވެފައިވާތީކަމަށް އެރަށުގެ ރައްޔިތުން ފާހަގަކޮށްފައިވެއެވެ.  ” އާއްމުކޮށް 2500 ރުފިޔާ ކަރަންޓުބިލަށް އަރާ ގޭގައި މިމަހު ހުރީ 7000 ރުފިޔާއަށް އަރާފަ“ އެރަށުގެ މީހަކު ދުވާފަރު ލައިވްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. އަނގޮޅެތީމަކީ ޖުމްލަ 550 […]

ދުވާފަރު ފުޓްސަލް ޓީމް – ދުވާފަރުގެ ފަޚުރު!

ދުވާފަރު ފުޓްސަލް ޓީމަކީ އެޓީމުގެ ކަމިޔާބީގެ ސަބަބުން މުޅި ދުވާފަރުގެ ނަން ރަންއަކުރުން ފަވާލަދޭ ދުވާފަރުގެ ފަޚުރެވެ. ދުވާފަރު ރައްޔިތުންގެ ހިތްތަކުގެ ފިނިކަމެވެ. ދުވާފަރުގެ ހުރިހާ ރައްޔިތުން އެއްތަން ކުރެވޭ ހަމައެކަނި ސަބަބެވެ.  ފާއިތުވެގެން ދިޔަ ހުރިހާ މުބާރާތެއްގައިވެސް ދުވާފަރުގެ ނަން ވިދުވާލުމަށް ދުވަފަރު ފުޓްސަލް ޓީމުން ކޮށްފައިވާ ހިތްވަރަކީ އަގު ނުކުރެވޭނެ ބުރަމަސައްކަތެކެވެ. އަތޮޅު ފެންވަރުގައާއި، ޤައުމީ ފެންވަރުގައި ކުޅެވޭ ފުޓަސަލް މުބަރާތްތަކުގައި، ދުވާފަރުގެ ނަން މިހާރު ލިޔެވިގެން ދާނީ އެންމެ މޮޅު އަދި ވަރުގަދަ […]

ފުލުހުން ރ.ދުވާފަރުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

ފުލުހުން ރ.ދުވާފަރުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ. މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސްއާއި ދުވާފަރު ޕޮލިހާއި މުއައްސަސާ ގުޅިގެން މި މަހު 27 ވަނަ ދުވަހުގެ ރޭ ދަންވަރުވަގުތެއްގައި ހިންގައިފައިވާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދުވާފަރު ދަފްތަރު ނަންބަރު 0098، 39 އަހަރުގެ މުހައްމަދު އަލީ އާއި ރ.ދުވާފަރު އުޖާލާއަލި، 28 އަހަރުގެ އިސްމާއީލް ޝައުފާން އަލީ އާއި ގއ.ގެމަނަފުށީ ނިއުލައިޓް، 32 އަހަރުގެ ނަދީހު ހިލްމީއެވެ. މި އޮޕަރޭޝަން ހިންގިފައި […]

 އެސްޕަޔާ / ރިނޯން ފްލެއާ ޗެމްޕިއަންޝިޕްެ ރ. ދުވާފަރު އެކަޑަމީއިން ހޯދައިފި

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އެސްޕަޔާ / ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވާދަކޮށް ރ. ދުވާފަރު އެކަޑަމީން އެމުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލު މެޗުގައި ދުވާފަރު އެކަޑަމީގެ ދެއުމުރު ފުރާއަކުން ވާދަކޮށްފައިވެއެވެ..އެއީ އެކަޑަމީގެ  12 އަހަރުން ދަށުގެ ޓީމާއި 10 އަހަރުން ދަށުގެ ޓީމެވެ. މިއަދުގެ މެޗުގައި ދުވާފަރު އެކަޑަމީގެ 10 އަހަރުން ދަށުގެ ޓީމް މިވަނީ ރިއޯންއާއި ވާދަކޮށް 1-2 ގެ ނަތީޖާއަކުން ޗެމްޕިއަންޝިޕް ހޯދާފައެވެ.މި ގޯލް ތައް ޖެހީ ދުވާފަރު އެކަޑަމީގެ […]

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އެސްޕަޔާ / ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގެ ފައިނަލުން ރ. ދުވާފަރު އެކަޑަމީން ޖާގަ ހޯދައިފި

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އެސްޕަޔާ / ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގެ ފައިނަލުން ރ. ދުވާފަރު އެކަޑަމީން ޖާގަ ހޯދައިފއެވެ. ޗެމްޕިއަންޝިޕްގެ 10 އަހަރާއި 12 އަހަރުން ދަށުގެ ދެ ކެޓަގަރީގެ ފައިނަލުން ރ. ދުވާފަރު އެކަޑަމީން ޖާގަ ހޯދައިފިއެވެ. ފައިނަލުގެ އަނެއް ދެޖާގަ ކަށަވަރުކޮށްފައިވަނީ އެޑްވެންޗާސް ފުޓްބޯލް އެކަޑަމީ އާއި ސްރީ ލަންކާގެ ރިނޯން އެވެ. މި މުބާރާތުގައި ވާދަކުރަނީ ދިވެހިރާއްޖޭގެ ފަސް އެކަޑަމީ އާއި ސްރީލަންކާގެ އަށް އެކަޑަމީއެވެ. ހަތަރު އުމުރުފުރާ ކެޓަގަރީ ތަކަކަށް […]

އެމް.އެން.ޔޫ ގެ އުނގޫފާރު ކެންޕަހުގައި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރ.އުނގޫފާރުގައި ޤާއިމްކުރަމުންއައި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމް.އެން.ޔޫ) ގެ ކެންޕަހުގެ މަސައްކަތްނިމި، ކޯސްތަކަށް ކުރިކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެމް.އެން.ޔޫގެ އުނގޫފަހަރު ކެންޕަހުގައި 5 ކޯހެއް ފެށުމަށް ހަމަޖައްސަވާ އެކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ. އަދި 2026 ވަނަ އަހަރު މިކޯސްތަކުގެ ފުރަތަމަ ޓާރމްގެ ކިޔެވުން ފެށުމަށް ހަމަ ޖައްސަވާފައިވާކަން އެމް.އެން.ޔޫ އިން ވަނީ ހާމަ ކުރައްވާފިއެވެ. އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ: . އެޑްވާންސް ސެޓްފިކެޓް އިން އެޑިއުކޭޝަން. އެޑްވާންސް ސެޓްފިކެޓް އިން ނާސިންގ. […]

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަސައްކަތް ފަށަނީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި ގުޅޭ ބައެއްކަންކަން އަންނަ އަހަރު ޖެނުވަރީ 1 ން ފެށިގެން ކުރިއަށްދާނެކަމުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާފައެވެ.  އެބައްދަލުވުމުގައި ގިނަ އަދަދެއްގެ ވިޔަފާރިތަކުން ވަނީ ބައިވެރިވެފައެވެ. އެބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ރާއްޖޭގެ މާހައުލުގައި ވިޔަފާރި ކުރުމުގައި އިދާރީ ގޮތުން ހުރި ގޮންޖެހުންތަކާއި، ވިޔަފާރި ކުރިއެރުވުމަށް ހުރި […]