މި މަހުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުވެފައިވާކަމަށް ބުނެ، ރ. އަތޮޅު އަނގޮޅެތީމުގައި މިއަދު އިހުތިޖާޖުކޮށްފިއެވެ.
އަނގޮޅެތީމުގެ ރައްޔިތުންގެ ކަންބޮޑުވުން އިހުތިޖާޖެއްގެ ގޮތުގައި ފާޅުކޮށްފައިވަނީ އާންމުކޮށް ކަރަންޓު ބިލު އެރަށުގެ ގޭބިސީ ތަކުގައި ހުންނަ ވަރަށްވުރެ ދެ ގުނައަށް ބޮޑުވެފައިވާތީކަމަށް އެރަށުގެ ރައްޔިތުން ފާހަގަކޮށްފައިވެއެވެ. ” އާއްމުކޮށް 2500 ރުފިޔާ ކަރަންޓުބިލަށް އަރާ ގޭގައި މިމަހު ހުރީ 7000 ރުފިޔާއަށް އަރާފަ“ އެރަށުގެ މީހަކު ދުވާފަރު ލައިވްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
އަނގޮޅެތީމަކީ ޖުމްލަ 550 މީހުންގެ އާބާދީގެ ރަށަކަށްވެފައި، މިވަގުތު އެރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 380 އެވެ. އަނގޮޅެތީމުގެ ރައްޔިތުންގެ މިއަދުގެ އިހުތިޖާޖުގެ ބޭނުމަކީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމެވެ.
އަނގޮޅެތީމުގައި ނޫނަސް، މި ފާއިތުވި ދެއަހަރިވެސް ރަމަޟާންމަހަށް ސަރުކާރުން ކަރަންޓު ބިލަށްދޭ ލުޔަށްފަހު، ދެން ޖެހިގެން އަންނަ މަހުގެ ކަރަންޓުބިލު އާދަޔާ ޚިލާފަށް ބޮޑުވާ މައްސަލައަކީ ހައްލެއް ބޭނުންވާ މައްސަލައެކެވެ.