މިރޭ ރ.ރަސްމާދޫގައި ކުޅެވުނު އަރުތަ ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލްގެ 2 ވަނަ މެޗުގައި އަލިފުށީ ކައިރިން ވަރަށް ހަނި ފުރުސަތަކުން މޮޅުވެ ދުވާފަރު ފައިނަލަށް ދަތުރުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި އަލިފުށީ ޓީމުގެ ފުރަތަމަ އަދި މެޗުގެވެސް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ސަލާމެވެ. ސަލާމުގެ ގޯލަށް ދެ މިނެޓު ރަނގަޅަށް ހަމަ ނުވަނީސް ދުވާފަރުގެ ޒުވާން ކުޅުންތެރިޔާ ލޫތު އެ ޓީމަށް، އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ވަރަށްވެސްހަނި ދާއިރާއަކުން ނިކަން ޕްރެޝަރުގައި ޖަހާލި ބޯޅައަކުންނެވެ.

ދުވާަފަރުން ގޯލެއް ޖެހުމާއި އެކު ދެން އަނެއްކާވެސް ފެނިގެން ދިޔައީ އަލިފުށީ ޖާރޒީ ނަންބަރު 9، ހުޝާންކޮގެ ނިކަން ނަލަ ގޯލެކެވެ. ހުޝާންކޮގެ ގޯލާއި އެކު އަލިފުށީ ޓީމު ކުރީގައި ވަނިކޮށް އަނެއްކާވެސް ދުވާފަރުގެ ޝަންޓޭ، ދުވާފަރަށް ދެވަނަ ގޯލެއް ކާމިޔާބުކޮށްދިނީ ސަޕޯޓަރުންގެ ހިތްވަރު އާކޮށްދެމުންނެވެ.

 

ވަރަށް ފޯރިގަދަ އަދި އެހާމެ ނުރައްކާތެރި ހަމަލާތަކެއް ދެ ޓީމުންވެސް ބަދަލު ކުރެވެމުންދަނިކޮށް ދުވާފަރަށް ލީޑު ފުޅާކޮށްދީ،އެ ޓީމުގެ އަނާނު ޖަހައިދިނީ ވަރަށްވެސް ތަފާތު ގޯލެކެވެ.

މެޗުގެ ނަތީޖާ 2-3 ގައި ފުދޭވަރަކަށް ގިނަވަގުތު އޮތުމަށް ފަހު 3-3 ގެ ނަތީޖާއަކަށް، ނަތީޖާ ބަދަލުކޮށްލަމުން އަލިފުށީ ޓީމުގެ ހުޝާންކޮ ގޯލެއް ޖަހައިދިނީ އޭރިޔާގެވެސް ބޭރުން ވަރަށް ފުރިހަމަކޮށެވެ.

މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް މެޗުގެ ނަތީޖާ 4-3 ކަށް ބަދަލުކޮށްލައި ދުވާފަރަށް އަނެއްކާވެސް ގޯލެއް ޖަހައިދިނީ އެ ޓީމުގެ ހުނަރިވެރި ކުޅުންތެރިޔާ އަނާނެވެ.

މި މެޗުގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ދުވާފަރުގެ ކުޅުންތެރިޔާ މުޙައްމަދު އިޝާމް، ޝަންޓޭއެވެ.