‎ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެކުގައި ކުރިއެކޭ އެއްފަދައިން މަސައްކަތް ކުރެއްވުމަށްޓަކައި މިއަދު ބައްދަލުކުރައްވައިފިއެވެ.

‎މިދިޔަމިދިޔަ ރިޔާސީ އިންތިހާބުގައި ދެ ބޭފުޅޫންގެ މެދުގައި އުފެދުނު ހަމަނުގެހުމަކާ ގުޅިގެން ދެ ވާދަވެރިންގެ ގޮތުގައި ވާދަކުރެއްވުމައްފަހު، މިއަދު ބައްދަލު ކުރެއްވި ބައްދަލުމުގައި ވަރަށް ގިނަ ކަންކަން ފާހަކަ ކުރައްވާފައިވެއެވެ.

‎އެގޮތުންއެގޮތުން އެމްޑީޕީއާއި އެކު އިތުރަށް މަސައްކަތް ކުރެވޭނެ  ފަރާތްތަކެއް ހުރިކަމަށާއި އަދި އޭގެ ތެރޭގައި އެ ދެބޭފުޅުން ނޫނަސް ކުރިން ވެރިކަން ކޮއްފައިވާ ބޭފުޅުންވާކަންވެސް ހާމަ ކުރެއްވިއެވެ . 

‎މިދެބޭފުޅޫންމިދެބޭފުޅޫން ބައްދަލު ކުރެއްވައިފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުޑަހުވަދޫ ލޯކަލް ކައުންސިލްގައި ވާދަކުރައްވާ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރެއްވި އިރު ރައީސް ނަޝީދުއާއި ބައްދަލު ކުރައްވާނެ ކަމުގައި ވިދާޅުވެފައި ވަނިކޮށެވެ.

‎ކުޑަހުވަދޫ ލޯކަލް ކައުންސިލްގައި ވާދަކުރައްވާ އެމްޑީޕީގެ 

މެންބަރުންނާ ބައްދަލުކުރެއްވި އިރު އެމަނިކުފާނު ވިދާޅުވީ އެ ޕާޓީގެ އެއްބައިވަންތަކަން ވަރުގަދަކުރަން އެމަނިކުފާނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން ކަމައްށާއ ޔަގީންކަން ދެއްވައި، އަދި އުރިއަށްއޮތް އިންތިހާބު އެމްދީޕީއަށް ކާމިޔާބު އެންމެން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެދެމުން އެމަނިކުފާނުވަނީ، މިހާރުވެސް ނަޝީދުއާއި އެކު ގުޅުން ބަދަހިކުރުމުގެ މަސްވަރާތަކެއް ހިގާކަން އެބައްދަލުމުގައި ހާމަކުރައްވާފައެވެ.

‎ރައީސް ނަޝީދާއި ސޯލިހުގެ ގުޅުން މުޅިއެކު ހީނަރުވީ މިދިޔަ ރިޔާސީއިންތިހާބުގެ ޕްރއިމައިމަރީއަށް ފަހުއެވެ.އޭގެ ކުރިންވެސް ސޯލިހުގެ ފަހަތަށް ނާރާނަން ކަމަށް ނަޝީދު އައީ ވިދާޅުވަމުންނެވެ.

‎ޕުރައިމަރީއަށްފަހު އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދަވާ ރައީސް ނަޝީދު އެޕާޓީއަށް ގުޅިވަޑައިގެންނެވިއެވެ.

‎އެހެން ނަމަވެސް މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ “އއަޅުގަނޑުމެންގެ މި ގުޅުމަކީ އިއްޔެއަކު، އޭގެ ކުރީ ދުވަހަކު އޮތް ގުޅުމެއް ނޫން. އަބަދުވެސް ހުރޭ ހިޔާލު ތަފާތުވުން، އަދި ސިޔާސީ ކަންތައްތަކުގައި. އެކަމަކު، އޭގެ ތެރެއިން އަޅުގަނޑުމެންނަށް އެކީގައި ކުރިއަށް ދެވޭނެ ގޮތް ހޯދަން އަބަދުވެސް. ހޯދައިގެން މިހާ ހިސާބަށް މި އާދެވުނީ”

‎ރައީސް ނަޝީދާއި އެކު އޭރު އެމްޑީޕީ ދޫކުރެއްވި ގިނަ ބަޔަކު ވަނީ އެބައްދަލުމުގައި އަލުން އަބުރާ އެމްޑީޕީއާއި ގުޅިފައެވެ.