ދަންޑަހެލު ކަޕް 2025 ގައި މިއަދު ހަވީރު ކުޅެވުނު، މި މުބާާރާތުގެ  6 ވަނަ މެޗުގައި ، މި މުބާާރާތުގައި އެންެމެ ގަދަކޮށް ފެނުނު ސިލްވަރ ބަލިކޮށް އެޓޭކާރސް ކުރިހޯދައިފިއެވެ. މި މެޗު ނިމިގެން ދިޔައީ 3-1 ގެ ނަތީޖާއަކުންެނެވެ.

މިއަދުގެ މެޗުގައި އެންމެ ފުރަތަމަ ގޯލެއް ޖެހީ އިލެވެން އެޓޭކާރސްގެ ޖާރޒީ ނަންބަރު 9، ހަސަން އަޒޫމް އަލީއެވެ. އަޒޫމްގެ ގޯލަށްފަހު އަނެއްކާވެސް ފެނުނީ އެޓޭކާރސް ގެ ރަނގަޅު ގޯލެކެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ވަރުގަދަ ފޯވާރޑް ރައުލް ނިޔާޒެވެ. އިލެވެން އެޓޭކާރސްގެ ދެވަނަ ގޯލަށްފަހު، މާޔޫޫސްވެފައި ތިބި ސިލްވަރގެ ސަޕޯޓަރުންނަށް އާ ރޫހެއް ލިބިގެން ދިޔައީ އެ  ޓީމުގެ  މަލާޒު އެ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލެވެ.

ދެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަރަށް ހިތަވަރުގައި ތިއްބާ މެޗުގެ ލީޑު ފުޅާކޮށް، މެޗުގެ ކާމިޔާބީގެ ފަހު ގޯލު، ގޯލުގެ ތެރެއަށް އެޓޭކާރސްގެ  އަޒޫމް ފޮނުވާލީ ވަރަށްވެސް ހިތްގައިމުކޮށެވެ. އަދި މި މެޗުގެ މޭން އޮފް ދި މެޗް ލިބިފައިވަނީވެސް އެޓޭކާރސްގެ ހަސަން އަޒޫމް އަލީއަށެވެ. އަޒޫމް އަކީ މި ވަގުތު މި މުބާރާތުގެ ޓޮޕް ސްކޯރާއަށްވެސް ވާދަ ކުރާ ހުނަރުވެރި ކުޅުންތެރިއެކެވެ.