ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އެސްޕަޔާ / ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވާދަކޮށް ރ. ދުވާފަރު އެކަޑަމީން އެމުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލު މެޗުގައި ދުވާފަރު އެކަޑަމީގެ ދެއުމުރު ފުރާއަކުން ވާދަކޮށްފައިވެއެވެ..އެއީ އެކަޑަމީގެ 12 އަހަރުން ދަށުގެ ޓީމާއި 10 އަހަރުން ދަށުގެ ޓީމެވެ.
މިއަދުގެ މެޗުގައި ދުވާފަރު އެކަޑަމީގެ 10 އަހަރުން ދަށުގެ ޓީމް މިވަނީ ރިއޯންއާއި ވާދަކޮށް 1-2 ގެ ނަތީޖާއަކުން ޗެމްޕިއަންޝިޕް ހޯދާފައެވެ.މި ގޯލް ތައް ޖެހީ ދުވާފަރު އެކަޑަމީގެ ދެ ކުޅުންތެރިން ކަމަށްވާ އަލްސަން އާއި އާން އެވެ.އަދި ދުވާފަރު އެކަޑަމީގެ 12 އަހަރުން ދަށުގެ ޓީމް ވަނީ އެޑްވެންޗަރ ޓީމް އާއި ވާދަކޮށް 0-2 ގެތަފާތަކުން ބަލިވެ ރަނަރއަޕް ނަގާފައެވެ.
މިއީ ދުވާފަރަށް ތާރީހީ ދުވަހެއް ކަމަށްށާއި އަދި ކުރިއޮއްތާގަވެސް މިފަދައިން ވިދަވިދާ ހުންނާނަން ކަމުގައި ދުވާފަރު އެކަޑަމީން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެެއެވެ.