ދުވާފަރު މިނިވަން ބަށި މުބާރާާތް 4 ގެ އެއްވަނަ ޓީމަކަށް ޓީމް ޖުލައި 26 ހޮވިއްޖެއެވެ. މިއަދު ހަވީރު ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ޓީމް ޖުލައި 26 ޗެމްޕިއަންކަން ހޯދީ 20 ލަނޑު – 13 ލަނޑުން ޓީމް ނަޔާ ފަތްމިނި ކައިރިނެވެ.
މި މުބާރާތުގެ ރަނަރަޕަށް ޓީމް ނަޔާ ފަތްމިނި ހޮވިފައިވާއިރު، ފެއާރ ޕްލޭ ޓީމަކަށް ހޮވިފިވަނީ ޓީމް ގްރޭ ޕަރީއެވެ. މި މުބާާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އަކީ ޓީމް ނަޔާ ފަތްމިނީގެ ކުޅުންތެރިޔާ ރިޝްޤާ މުޙައްމަދެވެ. މި މުބާރާތަށް އެންެމެ އަހުލުވެރި ކޯޗުގެ މަޤާމު ލިބިފައިވަނީ ޓީމް ގްެރޭ ޕަރީގެ ކޯޗް އައިމިނަތު ނަހުލާއަށެވެ.
އަދި މި މުބާާރާތުގެ އެންމެ މޮޅު 9 ކުޅުންތެރިންނަކީ ޓީމް ޖުލައި 26 ގެ މަރިޔަމް މާޝާ، ޓީމް ނަޔާ ފަތްމިނީގެ އާސިލާ މޫސާ، ޓީމް ގްރޭ ޕަރީގެ އާތިފާ މުޙައްމަދު، ޓީމް ނަޔާ ފަތްމިނީގެ ހައްވާ ޝަމީލާ، ޓީމް ގްރޭ ޕަރީގެ ފަލާހާ ހުސައިންފުޅު، ޓީމް ޖުލައި 26 ގެ މަލާޝާ މުޙައްމަދު، ޓީމް ރަތް ލިލީގެ އައިމިނަތު ޙުސައިން، ޓީމް ނަޔާ ފަތްމިނީގެ ރިޝްޤާ މުޙަައްމަދު، އަދި ޓީމް ޖުލައި 26 ޒައީމާ ހުސައިންއެވެ.
334 ސާރވްކޮށް އެންމެ ގިނަ ސާރވް ކުރި ކުޅުންތެރިޔާ އަދި 128 ބޯޅަ ހިފައިގެން އެންެމެ މޮޅު ހިފުންތެރިޔާގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ބަށި ރާނީއަކީ ޓީމް ޖުލައި 26 ގެ މަރްޔަމް މާޝާއެވެ. މަރިޔަމް މާޝާ އަކީ މުޅި މުބާާރާތުގައިވެސް ވަރަށް ތަފާތު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ. އަދި މާޝާ ކުޅުނު 4 މެޗުގެ ކުއީން އޮފް ދި މެޗަށްވެސް ހޮވިފައިވަނީ މާޝާއެވެ.
މި މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމަކަށްވެސް ދުވާފަރު ޑަބްލިއު. ޑީ.ސީ އިންވަނީ އިނާމެއް ދެއްވާފައެވެ.