ދަންޑަހެލު ކަޕް 2025 ގައި މިއަދު ހަވީރު ކުޅެވުނު، މި މުބާާރާތުގެ ދެވަނަ މެޗުގައި  ބައްދަކުކުރީ، ސިލްވާ  ޔުނައިޓެޑާއި  ވޯރިޔާސްއެވެ. މި މެޗު ނިމިގެން ދިޔައީ 3-0 ގެ ނަތީޖާއަކުން ނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ސިލްވާ  ޔުނައިޓެޑްގެ  ާކުޅުންތެރިޔާ  މިދުހަތެވެ.  މީގެ  އިތުރުން  މެޗުގެ  2  ވަނަ  ގޯލް  42  ވަނަ  މިނެޓްގައި  ޖަހާފައިވަނީ  މިދުހަތެވެ

ދެވަނަ  ހާފުގައި  ވޯރިޔާސްގެ  މޮޅު  ކުޅުމެއް  ފެނިގެން  ދިޔަނަމަވެސް  63  ވަނަ  މިނެޓްގައި  ސިލްވަރ  ޔުނައިޓެޑްގެ  ކުޅުންތެރިޔާ  ނަޒްމީ  ވަނީ  މެޗުގެ  3  ވަނަ  ލަނޑު  ކާމިޔާބުކޮށް  މެޗުގެ  ލީޑް  ނަގާފައެވެ. 

ފޯރިގަދަ މި މެޗު ނިމިގެން ދިޔައީ  3-0  ނަތީޖާއަކުން ސިލްވާރ ޔުނައިޓެޑް  ކާމިޔާބު  ކޮށްގެންނެވެ. މި މެޗުގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ  ސިލްވާރ  ޔުނައިޓެޑްގެ  ދެ  ގޯލް  ކާމިޔާބު  ކުރި  މިދުހަތެވެ.