ދަންޑަހެލު ކަޕް 2025 ގައި މިއަދު ހަވީރު ކުޅެވުނު، މި މުބާާރާތުގެ  ފުރަތަމަ މެޗުގައި  ބައްދަކުކުރީ، އިލްވެން އެޓޭކާއި ޑާރކްޕާކެވެ. މި މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ކްލަބް އިލަވެން އެޓޭކާރސްގެ ކުޅުންތެރިޔާ ސައްޕެއެވެ. މެޗުގެ ފުރަތަމަ 14 މިނެޓުގައި ސައްޕެގެ މި ލަނޑަށް މާ ގިނައިރުތަކެއް ނުވަނީީސް، 17ވަނަ މިނިޓުގައި ހަމަ އެ ޓީމުގެ ޝެނަލްގެ ވަރަށް ފުރިހަމަ ގޯލެއް ފެނިގެން ދިޔައެވެ.   

މެޗުގެ 24 ވަނަ މިނެޓުގައި ޑާރކް ޕާރކުގެ ކުޅުންތެރިންގެ ޖޯޝާއި ފޯރި އިތުރުކޮށްދިނީ ޖުމާނު ޖެހި ނަލަ ގޯލެއްގެ ސަބަބުންނެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ ލީޑު ފުޅާކޮށް އިލެވެން އެޓޭކާރސްއިން  އަނެއްކާވެސް އެ ޓީމުގެ 3 ވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 53 ވަނަ މިނެޓުގައި  އެ ޓީމުގެ ކުޅުންތެރިޔާ އަޒޫމެވެ.  މެޗުގެ ނަތީޖާ 3-2 އަށް ހަދާލަމުން   61 ވަނަ މިނެޓުގައި ޑާރކްޕާކުގެ މަހުދީ ޖަހާލަދިން ގޯލަކީ، އެ ޓީމުގެ ސަޕޯޓަރުންގެ ހިތަށް ގެނެސްދިން ތަސައްލީއެކެވެ. މެޗުގެ ފަހު ގޯލު އަދި ދެ ޓީމުގެ ސްކޯރ އެއްވަރުކޮށްލަދިން ގޯލު ޑާރކު ޕާރކަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ސްޓާރލިން ނުވަތަ ޖުމާނެވެ.

ވަރަށް ފޯރިގަދަ މި މެޗު ނިމިގެން ދިޔައީ ދެ ޓީމު އެއްވަރުވެގެންނެވެ. އަދި މި މެޗުގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ  ޑާރކް ޕާރކްގެ ޖުމާނެވެ.