ގްލޯބަލް ސުމުދު ފްލޮޓިލާ  އަދާއިހަމަ  : މިހާރު ޣައްޒާގެ އައްސޭރިފަށާ  ދަތުރުކުރާ  އެންމެ  ފަހު  އުޅަނދަކަށް މެރިނެޓެވެ.

މެރިނެޓަކީ ޕޮލެންޑް ދިދަ ދަށުން ދަތުރުކުރާ އުޅަނދެކެވެ.  މިއުޅަނދުގައި  ޖުމްލަ 6 ފަސިންޖަރުން ދަތުރުކުރެއެވެ. 

ގްލޯބަލް ސުމުދު ފްލޮޓިލާގެ ތިން އުޅަނދެއް އަދިވެސް ޣައްޒާއާ ދިމާއަށް ދަތުރުކުރަމުންދާއިރު، ބާކީ ހުރި އުޅަނދުތައް ނިރުބަވެރި ސިޙްޔޫނީން، އަޝްދޮދު ބަނދަރަށް ޓޯކޮށްފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ.

ފްލޮޓިލާގެ  ގިނަ  އަދަދެއްގެ އުޅަނދުތަކެއް  ނިރުބަވެރިންގެ ބާރުގެ  ދަށަށް  ގެންދިޔުމުގެ  ސަބަބުން  މިހަރަކާތުގެ  ބައިވެރިންނަށް  މުއާސަލާތީ  ޚިދުމަތް ވަނީ ކެނޑިފައެވެ.  

 މެރިނެޓް  އުޅަނދާ  ގުޅޭ މައުލޫމާތު ލިބިފައިވަނީ ސްޓާލިންކް މެދުވެރިކޮށް  ކަމަށް  މީޑިޔާ  ރިޕޯޓްތަކުން  ބުނެއެވެ.