އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީތެރިވުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދީފައިވާ ކަމެކެވެ. މިގޮތުން، ފަލަސްތީނުގެ އަނިޔާ ލިބެމުންދާ ރައްޔިތުންނަށް އެހީތެރިވުމަކީ އަޅުގަނޑުމެންގެ ދީނީ އަދި އިންސާނީ ވާޖިބެކެވެ. މި މަތިވެރި މަޤްޞަދު ހާސިލުކުރުމަށް އައު ފުރުޞަތެއް މިހާރު ވަނީ ހުޅުވިފައެވެ. އެއީ “ޕެލެސްޓައިން ކޯލާ” ގެ ނަމުގައި ތަޢާރަފުކޮށްފައިވާ އައު މަޝްރޫޢެވެ.
މި މުބާރަކު މަސައްކަތް ފަށައިގަތީ ޔޫއޭއީގެ ޝާރިޖާގައި ހުންނަ ވިޔަފާރިވެރިއެއް ކަމަށްވާ އަބްދުﷲ އަލް ޝެއިޚްއެވެ. މި މަޝްރޫޢުގެ މައިގަނޑު ދެ މަޤްޞަދެއް ވެއެވެ. އެއީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު އެއްކުރުމާއި، އިޒްރާއީލަށް ތާއީދުކުރާ ކޮކާ ކޯލާ ކުންފުނި އިނދަޖައްސާލުމެވެެ. މި ކޯލާ ގަތުމުން ލިބޭ ފައިދާގެ ބޮޑު ބައެއް ސީދާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބޭނުންކުރެވޭނެއެވެ.
ޕެލެސްޓައިން ކޯލާއަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް އިސްލާމީ ޤައުމުތަކުގައި، ވަރަށް މަޤްބޫލުވެފައިވާ ބުއިމެކެވެ. އަދި އުފާވެރި ޚަބަރަކީ މި ކޯލާ މިހާރު ދިވެހިރާއްޖެއަށްވެސް އެތެރެކުރަން ފަށާފައިވުމެވެ. ދިވެހިރާއްޖެއަށް ޕެލެސްޓައިން ކޯލާ އެތެރެކުރަނީ އެމް.އެޗް.އާރް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް އިންނެވެ. އަދި މިވަގުތު މި ކޯލާ ގަންނަން ލިބޭނީ ސުޕަރ ޝޮޕް މޯލްޑިވްސް އިންނެވެ.މިއީ އަޅުގަނޑުމެންނަށްވެސް ފަލަސްތީނުގެ މަޒުލޫމު ރައްޔިތުންނަށް އެހީތެރިވުމަށް ހުޅުވިގެންދިޔަ ދޮރެކެވެ.
ޕެލެސްޓައިން ކޯލާ ގަތުމަކީ ހަމައެކަނި ބުއިމެއް ބުއިމަށްވުރެ މާ މަތިވެރި ޢަމަލެކެވެ. މިއީ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށް އެހީތެރިވެ، އެބައިމީހުންގެ ހިތްތަކަށް ހިތްވަރާއި އުއްމީދު ގެނެސްދޭނެ ވަސީލަތެކެވެ. ހަމައެއާއެކު، މިއީ އިޒްރާއީލަށް ތާއީދުކުރާ ކުންފުނިތަކަށް ނުސީދާކޮށް ދޭ ރައްދެއްވެސް މެއެވެ.
އަޅުގަނޑުމެންގެ ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: “މުއުމިނުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. އޭގެ ތެރެއިން ގުނަވަނަކަށް ތަކުލީފެއް ޖެހިއްޖެނަމަ، މުޅި ހަށިގަޅި ހަށިގަނޑު ހުންއައިސް، ނިދި ނުލިބި ވޭންލިބެއެވެ.” އެހެންކަމުން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ޒިންމާއެކެވެ.
ޕެލެސްޓައިން ކޯލާ ގަތުމަކީ ފަލަސްތީނަށް އެހީތެރިވުމަށް އެޅޭނެ ފުރަތަމަ ފިޔަވަޅެވެ. އަޅުގަނޑުމެން އެންމެން ގުޅިގެން މި މަސައްކަތުގައި ބައިވެރިވެ، އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށް އެހީތެރިވުމަކީ އަޅުގަނޑުމެންގެ އިސްލާމީ އަޚުވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ ޢަމަލެކެވެ.
އަޅުގަނޑުމެންގެ ކުޑަ އެހީތެރިކަމުން ވެސް ފަލަސްތީނުގެ ރައްޔިތުންނަށް ބޮޑު ހިތްވަރަކާއި އުއްމީދެއް ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އާޚިރަތުގައި ބޮޑު އަޖުރެއް ލިބޭނެކަން ޔަޤީނެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ: “އެންމެ ހެޔޮވެގެންވާ މީހުންނަކީ މީސްތަކުންނަށް އެންމެ ބޮޑަށް މަންފާކުރާ މީހުންނެވެ.”
ޕެލެސްޓައިން ކޯލާ ގަތުމުގެ އިތުރުން، އަޅުގަނޑުމެންނަށް ކުރެވިދާނެ އިތުރު ކަންތައްތައް ވެސް ވެއެވެ. މިސާލަކަށް، ފަލަސްތީނުގެ މައްސަލައާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، ދުޢާކުރުމާއި، އަދި ފަލަސްތީނަށް އެހީވާ ޖަމްޢިއްޔާތަކަށް ހަދިޔާކުރުން ފަދަ ކަންކަމެވެ.
އަޅުގަނޑުމެން ކޮންމެ މީހަކުވެސް މި މަސައްކަތުގައި ބައިވެރިވެ، އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް ކުރުމަކީ މުހިންމު ކަމެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ: “އަދި ހެޔޮކަންތަކާއި ތަޤްވާވެރިކަމުގެ މައްޗަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާށެވެ!” (އަލްމާއިދާ: 2)
އަޅުގަނޑުމެން އެންމެން ގުޅިގެން ފަލަސްތީނަށްޓަކައި މަސައްކަތް ކުރަމާ ހިންގަވާށެވެ. ޕެލެސްޓައިން ކޯލާ ގަތުމާއި، އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވުމަކީ އަޅުގަނޑުމެންގެ އިސްލާމީ ވާޖިބެކެވެ. އަޅުގަނޑުމެންގެ މި ކުޑަ މަސައްކަތުން ވެސް ﷲ ގެ ޙަޟްރަތުން ބޮޑު އަޖުރެއް ލިބޭނެކަން ކަށަވަރެވެ.