ދަންޑަހެލު ކަޕް 2025 ގައި މިއަދު ހަވީރު ކުޅެވުނު، މި މުބާާރާތުގެ  ފަސް ވަނަ މެޗުގައި  ވޯރިއާސް ކައިރިން ޑާރކް ޕާރކް ބޮޑުތަނުން ކުރިހޯދައިފިއެވެ. މި މެޗު ނިމިގެން ދިޔައީ 6-1 ގެ ނަތީޖާއަކުންެނެވެ.

‎މިއަދުގެ މެޗުގައި ޑާރކްޕާރކަށް ދެ ގޯލު ޖަހައިދީ މެޗުގެ  މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އިސްމާއިލް ޢީސާ (މެސީ) އެވެ. މެސީގެ އިތުރުން އެ ޓީމަށް އިޝާމް، ޖުމާން، މަހުދީ އަދި ލަތީފް ވަނީ ގޯލު ޖަހައިދީފައެވެ. ޑާރކްޕާރކުގެ  ވަރަށް މޮޅު އަދި އެހާމެ ރީތި ޝޮޓުތަކާއި ގޯލު ތަކުގެ އިތުރުން ސޭވްތަކެއްވެސް ފެނިގެން  ދިޔައެވެ.

‎.ވޯރިއާސް ޓީމަށް ކާމިޔާބުކޮށްދިން ހަމަ އެކަނި ލަނޑު، ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ އަހްމަދު ޒަމީމެވެ.