ރ. އަތޮޅުގެ ރިސޯޓަކުން ކެނޯއެއްގައި ކަނޑުމައްޗަށް ނުކުތުމައް ފަހު ގެއްލިގެން ހޯދަމުންދާ ދިވެހި ޒުވާނާ ފެނިއްޖެއެވެ.
މީޑިއާއަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މm އިއެޔެ ހަވީރުގެ ވަގުތެއްގައި ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނިކުތް އެ ރިސޯޓުގެ މުވައްޒަފެއް ޚަބަރެއް ނުވެގެން ގެއްލިފައިވާ މައްސަލަ މިރޭ 08:43 ހާއިރު ރިޕޯޓްކޮށްފައިވާކަމަށާއި އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ މީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓުތަކުން ކުރަމުންދަނިކޮށް މިރޭ 10:30 ހާއިރު ރ .ދުވާފަރަށް ގޮސްފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ދެންމެ ބުންޏެވެ. މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ދަނީ ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކުރަމުންނެވެ.
ފޮޓޯ: ޓްރިޕްއެޑްވައިޒާ