ދަންޑަލު ކަޕްގެ ފައިނަލު މެޗު މިއަދު ހަވީރު ކުރިއަށް ގޮސްފައިވާއިރު، މި އަހަރުގެ ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ސިލްވަރ ޔުނައިޓެޑެވެ. ސިލްވަރ އިން ޗެމްޕިއަން ކަން ހޯދައިފިވަނީ 1-2 އެއްގެ ސްކޯރ އަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނިޓުތެރޭ މެޗުގެ ފުރަތަމަ ލަނޑު އަދި ސިލްވަރ ޔުނައިޓެޑުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ކުޅުންތެރިޔާ އަލީ ނަޡްމީ އެވެ. ސިލްވަރ ޔުނޒއިޓެޑުގެ ދެވަނަ ގޯލު ކާމިޔާބުވެގެން ދިޔައީ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު އެ ޓީމަށް ލިބުނު ކޯނަރަކުންނެވެ. ފުރަތަމަ ހާާފް ނިމިގެން ދިޔައީ 2-0 ގެ ނަތީޖައަކުން ސިލްވަރ ޔުނައިޓެޑު ކުރީގައި އޮވެގެންެވެ.
ދެވަނަ ހާފް ފެށިގެން ނިމިނަކާއި ގާތްވެގެން ދިޔައީ ވަރަށް ރަނގަޅު ކުޅުމެއް ދެ ޓީމުންވެސް ދައްކަމުންނެވެ. އެހެންނަމެވެސް އިތުރު ގޯލެއް އެއްވެސް ޓީމަކަށް ކާިޔާބު ނުވެ ދެވަނަ ހާފް ނިމެންދިޔަކަން ފާހަގަކުރެވުނެވެ. މެޗުގެ ތިންވަނަ ގޯލު އަދި އެޓޭކާރސްގެ ފުރަތަމަ ގޯލު ޖަހައިދިނީ އެ ޓީމުގެ ކުޅުންތެރިޔާ ހޮކޭ ނަގައިދިން ބޯޅައެއް ވަރަށް ރީތިކޮށް ގޯލުގެ ކަނަށް ވައްދާލަދެމުން ހަމަ އެ ޓީމުގެ ކުޅުންތެރިޔާ ފާތިމެވެ. މި މެޗުގެ ކުޅުން ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން ސިލްވަރ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދަމުންނެވެ.
މި މެޗުގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ސިލްވަރ ޔުނައިޓެޑްގެ ޝަންޓޭއެވެ.
މި މުބާރާތުގެ ޓޮޕް ސްކޯރާ، އެންމެ މޮޅު ފޯވާރޑް އަދި އެންމެ މޮޅުކުޅުންތެރިޔާއަށް ހޮވިފައިވަނީ އިލެވެން އެޓޭކާރސްގެ ޖާރޒީ ނަންބަރު 9، ހަސަން އަޒޫމް އަލީއެވެ. އެންމެ މޮޅު ޑިފެންސަށް ހޮވިފައިވަނީ ސިލްވަރ ޔުނައިޑެޓްގެ ކުޅުންތެރިޔާ އިސްމާއިލް އަހުމަދެވެ. އަދި އެންމެ މޮޅު މިޑްފީލްޑަރަކީ، ސިލްވަރ ޔުނައިޓެޑުގެ ޖާރޒީ ނަންބަރު 30، މުޙައްމަދު އިޝާމެވެ. މީގެ އިތުރުން އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހޮވިފައިވަނީ އިލެވެން އެޓޭކާރސްގެ ޖާރޒީ ނަންބަރު 87، އާމިލް އަލީއެވެ. އަދި މި މުބާރާތުގެ ފެއާރ ޕްލޭޔަރ ޓީމަކަށް ހޮވިފައިވަނީ ވޮރިއާސް ޓީމެއެވެ. އަދި އެންމެ މޮޅު ކޯޗަކަށް ސިލްވަރ ޔުނައިޓެޑް ގެ މުޙައްމަދު ރަފީޢު ޖޮވިފައިވާއިރު، އެންމެ މޮޅު ކީޕަރަކަށްވެސް ހޮވިފައިވަނީ ހަމަ އެ ޓީމުގެ ޖާރޒީ ނަންބަރު 27، މުޙައްމަދު އަސްވާނެވެ.އަދި ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ އިލެވެން އެޓޭކާރސްއެވެ.