އަރުތަ ފުޓްސަލް 2025 ގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި ، ފަހަތުން އަރައި ހުޅުދުއްފާރު ކައިރިން ދުވާފަރު މޮޅުވެއްޖެއެވެ. 3-2 އަކުން ދުވާފަރު މި މެޗު ކާމިޔާބު ކުރީ އެންެ ފަހު 30 ސިކުންތުގައެވެ.
މިއަދުގެ މެޗުގައި އެންމެ ފުރަތަމަ ގޯލެއް ޖެހީ ހުޅުއްދުއްފާރުގެ ކުޅުންތެރިޔާ އަލީފެވެ. އަލީފުގެ ފުރަތަމަ ގޯލަށް މާ ގިނަ އިރުތަކެއް ނުވަނީސް އަނެއްކާވެސް ހުޅުއްދުއްފާރަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދިނީ ހަމަ އެ ޓީމުގެ އަލީފެވެ.
މެޗުގެ ދެވަނަ ހާފްގެ 12 ވަނަ މިނެޓުގައި ދެން ފެނިގެން ދިޔައީ ދުވާފަރަށް ގޯލެއް ކާމިޔާބު ކުރެވިގެން ދިޔަ މަންޒަރެވެ. ދުވާފަރުގެ މި ގޯލު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ މޫޗީ ނުވަތަ މޫސައެވެ. މޫޗީގެ ގޯލަށްފަހު އިތުރު ގޯލެއް އެއްވެސް ޓީމަކަށް ކާމިޔާބު ނުވެ މެޗު ނިމުމަކާއި ގާާތްވެފައި ވަނިކޮށް، މެޗުގެ ފަހު 2 މިނެޓުގައި ދުވާަފަރަށް އެ ޓީމުގެ އަނާނު ވަރަށް ރީތި ގޯލެއް ކާމިޔާުކޮށްދީ މެޗުގެ ސްކޯރ އެއްވަރުކޮށްލަދިނެވެ.
ބެލުންތެރިން އަދި ކުޅުންތެރިންގެވެސް އެއްވެސް އުންމީދެއް ކުރުމެއްނެތި ހަމަ ހަމަ ނަތީޖާއަކުން މެޗު ނިމެނީކަމަށް ނިންމާފައި ތިއްބާ މެޗުގެ ފަހު 30 ސިކުންތުގައި އަނެއްކާވެސް ދުވާފަރުގެ މޫޗީ އެ ޓީމަށް 3 ވަނަ ގޯލެއް ޖަހައިދިނީ މިއަދުގެ މެޗުން ދުވާފަރު މޮޅުކޮށްދެމުންނެވެ.
މި މެޗުގެ މޭން އޮފް ދި މެޗަށްވެސް ހޮވިފައިވަނީ ދުވާފަރު ސްޕޯޓްސް ކްލަބްގެ މޫޗީއެވެ.