ރާއްޖޭގެ ކުޅިވަރަށް ލޯބިކުރާ އަދި ޚާއްސަކޮށް ފުޓްސަލްއަށް ލޯބިކުރާ ކޮންމެ ދިވެއްސަކަށްވެސް އެންމެ ފަރިތަ އެއް ނަމަކަށްވާނީ ރ. އިނގުރައިދޫއަށް އުފަން ޢަލީ ހާފިޒު (ހާއްޕެ)އެވެ.
ހާއްޕެއަށް ސަޕޯޓްކުރާ ގިނަ މީހުންނަށް ހާއްޕެއަށް ސަޕޯޓްކުރާނީ ފުޓްސަލް ދަނޑުގައި ފެންނަ ހުނަރުވެރިކުޅުމާއި، މޮޅުވުމަށް ގަދައަޅާ މަސައްކަތްކުރާ ކުޅުންތެރިއަކަށް ވީތީއެވެ. އެހެންނަމަވެސް، ހާއްޕެ ދަންނަ ހާއްޕެއާއި ދިމާވެފައިވެފައިވާ ކޮންމެ މީހަކުވެސް ހާއްޕެގެ މޮޅު ކުޅުމާއި ހުނަރާއި އެއްވަރަށް އޭނާގެ އަޚްލާގަށް ތައުރީފުކުރާނެއެވެ.
ހާއްޕެގެ ވިދުން ގަދަވަނީ ކުޅުމުގެ ތެރޭގައި ދައްކާލާ ފަރި ޖާދުލެއްފަދަ ހުނަރުގެ އިތުރުން އަނެކުންނަށް އިހްތިރާމުކުމާއި، ކުޅިވަރުގެ ރިވެތި އަޚްލާޤް ހިފަހައްޓާތީއެވެ. ފުޓްސަލްއަށް ލޯބިކުރާ ކޮންމެ ދިވެއްސަކުވެސް ހާއްޕެ ދަނޑުން ފެންނަން ބޭނުންވާނެއެވެ. އެހެންނަމަވެސް، ދިވެހި ރާއްޖޭގެ ފުޓްސަލް ގައުމީ ޓީމު މިޔަންމާއާއި އެކު ކުޅުނު މެޗުގައި ކުރިމަތިވި އަނިޔާއާއި ގުޅިގެން ހާއްޕެ
ދުވަސްކޮޅަކަށްވަނީ ކުޅުމާއި ދުރުގައި ހުންނަޖެހިފައެވެ. ކްލަބް މޯލްޑިވްސްގެ ފައިނަލް މެޗުގެ ކުރިން ބޭއްވު ރަސްމިއްޔާތުގައި ހާއްޕެ ދަނޑިގަނޑާއި އެކު ފެނުމަކީ ގައުމީ ފުޓްސަލްގެ ޓީމަށް ޚާއްސަކޮށް ރ.އަތޮޅުގެ ފުޓްސަލް އާއިލާއަށް ނުހަނު އަސަރުކުރުވި މަންޒަރަކަށެވެ.
ދުވާފަރު ލައިވްއިން އެދެނީ ހާއްޕެއަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ. ރ.އަތޮޅުގެ އުދަރެހުގައި ވިދާލި އަލިގަދަ ފުޓްސަލް ތަރި އެނބުރި ގައުމީ ޓީމުގައި އަތޮޅާއި ގައުމަށް ރީތި ނަން ހޯދުމަށް އިހުނަށްވުރެ ވަރުގަދަކޮށް ފެނުމެވެ.
ފޮޓޯ: ކްލަބް މޯލްޑިވްސް