ޣައްޒާއަށް ދަތުރުކުރާ އެހީގެ ކޮންވޯއީއެއް ކަމަށްވާ ގްލޯބަލް ސުމުދު ފްލޮޓިލާގައި ތިބި ބައިނަލްއަގްވާމީ 223 އެކްޓިވިސްޓުން އިސްރާއީލުގެ ސިފައިން ވަނީ ބަންދުކޮށްފަ އެވެ. 40 އަށް ވުރެ ގިނަ  އުޅަނދު  ހިފެހެއްޓިކަމަށް ރިޕޯޓް ކުރި ނަމަވެސް، އެއް އުޅަނދެއް ކަމަށްވާ މިކޭނޯ ކާމިޔާބުކަމާއެކު އިސްރާއީލުގެ ބްލޮކޭޑް  ހުރަސްކޮށްފިއެވެ. 

މެޕުން ފެންނަ ގޮތުގައި ގްލޯބަލް ސުމުދު ފްލޮޓިލާގެ މިކެނޯ އުޅަނދު ހުއްޓުވާފައިވީ ނަމަވެސް، އެ އުޅަނދު އިސްރާއީލުގެ ކަނޑުގެ ސިފައިން ހުއްޓުވި ކަމެއް ނުވަތަ ހަމަލާއެއް ދިން ކަމެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ.