ދުވާފަރުގައި މާލެ ދަތުރުކުރުމުގެ ހިދުމަތް ފޯރުކޮށްދެމުންދާ ހަމައެކަނި ފަރާތްކަމުގައިވާ އެކްސް ޓްރެވަލްސްގެ ދަށުން ހިނގަމުންގެންދާ އެކްސް ސްޕީޑުން މާލެ ދަތުރު ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ޕްރޮމޯޝަންއެއް ވަނީ ފަށާފައެވެ.
މިޕްރޮމޯޝަންގައި ދުވާފަރުން މާލެ ދަތުރު ކުރާ ފަރާތްތަކުގެ އަގުވަނީ 550 ރުފިޔާއަށް ހަދާފައެވެ. އާންމު ގޮތެއްގައި 725 ރުފިޔާއަށް ވިކަމުންދާ ޓިކެޓުގެ އަގު ވަނީ 175 ރުފިޔާ ކުޑަކޮށްފައެވެ. އެކްސް ސްޕީޑުން ހަފްތާއަކު 4 ދުވަހު މާލެ ދަތުރުކުރާއިރު އާންމު ގޮތެއްގައި ދަތުރު ކުރަމުން އަންނަނީ ހޮނިހިރު, ހޯމަ, ބުދަ އަދި ބުރާސްފަތި ދުވަހުއެވެ.
އެކްސް ސްޕީޑުން މަޢުލޫމާތު ދިން ގޮތުގައި މިފަހަރުގެ ޕްރޮމޯޝަންއަކީ އެލޯންޗުން ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށް ހުޅުވާލާފައިވާ ޕްރޮމޯޝަންއެކެވެ. އަދި މިޕްރޮމޯޝަންގެ ސަބަބުން އެލޯނޗުގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް އެފަރާތުން ދެކެއެވެ. މިފަހަރުގެ ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 27 ހުގެ ނިޔަލަށް ކަމަށް އެފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ކުރިއަށް އޮތްތަނުގައިވެސް އެކްސްޕީޑުން ދަތުރު ކުރާ ފަރާތްތަކަށް މިފަދަ ޕްރޮމޯޝަންތައް ހުޅުވާލާނެ ކަމަށް އެފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ.