ރ. ދުވާފަރު ޞިއްޙީމަރުކަޒު،  ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް، 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އަލްޓެކް މޯލްޑިވްސް ޕވޓ. ލމޓ. އާއި އެކު ވަނީ އެއްބަސްކުރުމުގައި ސޮއި ކުރެވިފައެވެ.

 މި މަޝްރޫޢުގެ ތެރޭގައި ޒަމާނީ ފެންވަރުގެ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް އަކާއި، އައިސީޔޫއަކާއި ، ނާސް ސްޓޭޝަނާއި ޕްރޮސީޖަރ ރޫމް ހިމެނޭނެއެވެ. މީގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމްސްވެސް މި ޢިމާރާތުގައި ޤާއިމުކުރެވޭނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވިއިރު އަރިހުގައި ދާއިރާގެ މެމްބަރު  މުހައްމަދު  އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ސަބަބުން،  ރ. ދުވާފަރު ޞިއްޙީމަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ފަރުވާތައް ލިބުން އިތުރަށް ފަސޭހަވެގެންދާނެކަމަށް އުންމީދުކުރެވެއެވެ. އަދި މީގެ އިތުރުން ދުވާފަރުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިޤްތިޞާދީ ގޮތުން ކުރިއެރުންތައް ލިބިގެންދާނެކަމަށްވެސް އުންމީދުކުރެވެއެވެ.