މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މިއަދު ހަވީރު ކުރިއަށްގެންދިޔަ  މަސްކެނޑުމުގެ މުބާރާތް ވަރަށް ފޯރިގަދަ ކަމާއިއެކު ނިންމާލައިފިއެވެ.

ޖުމްލަ  13  ބައިވެރިން ބައިވެރިވެފައިވާ މި މުބާރާތުގައި ފިރިހެން ގޮފިން 1ވަނަ ، 2 ވަނަ، އަދި 3 ވަނަ ހޮވާފައިވާއިރު، އަންހެން ގޮފިންވެސް ވަނީ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާފައެވެ. 

ތިރީގައި އެވަނީ ވަނަ ވަނައަށްދިޔަ ބައިވެރިންނާއި އެ ފަރާތްތަކަށް ލިބުނު އިނާމެވެ.

– ފިރިހެން ގޮފިން އެއްވަނަ  އަލީ ނަޢީމް – 5000 ރުފިޔާގެ ފައިސާގެ އިނާމް.

– ފިރިހެން ގޮފިން ދެވަނަ  އަލީ އިބްރާހިމް – 3000 ރުފިޔާގެ ފައިސާގެ އިނާމް.

– ފިރިހެން ގޮފިން ތިންވަނަ  އަހުމަދު އިބްރާހިމް – 2500 ރުފިޔާގެ ފައިސާގެ އިނާމް.

-އަންހެން ގޮފިން އެއްވަނަ  އައިޝަތު އަލީ – 5000 ރުފިޔާގެ ފައިސާގެ އިނާމް.

– އަންހެން ގޮފިން ދެވަނަ  ފާތިމަތު އިރުޝާދާ – 3000 ރުފިޔާގެ ފައިސާގެ އިނާމް.

– އަންހެން ހެން ގޮފިން ތިންވަނަ  ޚަދީޖާ އިބްރާހިމް –  2000 ރުފިޔާގެ ފައިސާގެ އިނާމް.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއެވެ.