2021 ވަނަ އަރަރު ހުޅުމާލެ ފޭސް 2 ގެ ފަޅުތެރެއިން ފަރާތުގައި މަރާލައިފައި އޮއްވައި ފެނުނު ކުޖާ މަރާލި ކަމަށް ތުހުމަތު ކުރެވޭ 17 އަހަރުގެ ކުއްޖާގެ މައްޗަށް 16 އަހަރުގެ ޖަލުހުކުމެއް ކޮއްފިއެވެ.
2021 ވަނަ އަހަރު ޖޫން މަހު ވަނީ ހުޅުމާލެ ފޭސް ދޭއްގެ ފަޅުތެރެއިން ކުދަކުއްޖަކު މަރާލާފައި ފޮށިގަނޑެއްގެ ތެރެއަށްލާފައި އޮއްވައި ފެނިފައެވެ.މި މައްސަލާގައި އެކުއްޖާ މަރާލިކަމަށް ތުހުމަތު ކުރެވެނީ 17 އަހަރުގެ ކުއްޖެއްގެ މައްޗަށެވެ.
17 އަހަރުގެ ކުއްޖާގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި، ނަހަމަގޮތުގައި މައްޔިތާގެ ބޭނުން ހިފިކަމުގެ ދައުވާއާއި އަދި ހުއްދަނޫން ގޮތުގައި މީހަކު ހިފެއްޓުމުގެ ދައުވާކޮއްފައެވެ.އަދި މިމަހު 23 ވަނަ ދުވަހު އޭނާގެ މައްޗައް މި ދައުވާތައް ސާބިތުވާކަމަށް ޖުވެނަލް ކޯޓުން ވަނީ ހުކުމް ކޮއްފައެވެ.
އެގޮތުންއެގޮތުން ގަސްތުގައި މީހަކު މެރި ކުށުމުގެ އަދަބަކަށް ޖަލުބަންދަށް 16 އަހަރާއި 10 މަހާއި 7 ދުވަހަށް ވަނީ ހުކުމްކޮއްފައެވެ.އަދި ހުއްދަނޫން ގޮތުގައި މީހަކު ހިފެއްޓުމުގެ ކުށެއްގެ ގޮތުގައި ވަނީ ޖަލުބަންދަށް 11 މަހާއި 9 ދުވަހުގެ ހުކުމެއްކޮއްފައެވެ.އަދި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ މައްސަލާގއި 18 ދުވަހުގެ ހުކުމެއް ކޮއްފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މިއާރުހުކުމް ކުރުމުގެ ކުރިން ބަންދުގައި 4 އަހަރާއި 6 މަހާއި 2 ދުވަސް ހޭދަކޮށްފައިވާތީ ދެން އޭނާ ތަންފީޒު ކުރަން ޖެހޭނީ 12 އަހަރާއި 4 މަސް ދުވަހުގެ ޖަލު ހުކުމެއްކަމަށްވެސް އެ މޯއްސާސާއިން ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ކައްފާރާއެއްގެ ގޮތުގައި ވިދިވިދިގެން 2 މަސް ވާންދެން ރޯދަ ހިފުމަށް އަމުރު ކޮއްފައިވާކަމަށްވެސް އެމޯއްސަސާއިން ވިދާޅުވިއެވެ.
މިހާރު ކުއްކުރި ކުއްޖާއަށް 18 ފުރިފައިވިޔެއްކަމަކު، ކުއްކުރިއިރު ކުއްކޮއްފައި ވަނީ ކުދަކުއްޖެގެ ގޮތުގައިވާތީ އެނާއާބެހޭ ހުރިހާ މައުތެއްވަނީ އެ މޯއްސަސާއިން ސިއްރުކޮއްފައެވެ.