ފާއިތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް ރ.އަތޮޅަށް އަމާޒުކޮށް ރ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ޤުރުއާން މުބާރާތް، މި ހަފްތާގެ ބުރާސްފަތި ދުވަހު ރ.އިންނަމާދޫގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސް ކީރިތި ޤުރުއާނަށް ލޯބިޖައްސައި، ޤުރުއާން ކިޔެވުން އިތުރުކުރުމަށް ބާއްވަމުން އަންނަ ވަރަށް މުހިއްމު ދީނީ މުބާރާތެކެވެ.
މި އަހަރުގެ މި މުބާރާތުގައި ރ.ދުވާފަރު ތަމްޞީލުކުރުމަށް ޖުމްލަ ނުވަ ބައިވެރިން ހޮވިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ބައިވެރިންނަކީ ރ.އަތޮޅު މަދަރުސާ، ރ.ދުވާފަރު ޕްރައިމަރީ ސްކޫލު އަދި އެމް.އެސް ފައުންޑޭޝަނުން ނެރެފައިވާ ދަރިވަރުންނެވެ.
ދުވާފަރު ތަމްސީލު ކުރާ މި ނުވަ ބައިވެރިންގެ ނަންތައް ތިރީގައި މިވަނީއެވެ.
ޢަބްދުﷲ އަޒިން، ރ.އަތޮޅު މަދަރުސާ
އާމިނަތު އަލްޝާ، ރ.އަތޮޅު މަދަރުސާ
މަރިޔަމް ޝާހާ، ރ.އަތޮޅު މަދަރުސާ
މުއުމިނާ ފައުހާ، ރ.އަތޮޅު މަދަރުސާ
ފާތިމަތު އަލީ، ރ.ދުވާފަރު ޕްރައިމަރީ ސްކޫލު
އަޙުމަދު ރާކިޒް، ރ.ދުވާފަރު ޕްރައިމަރީ ސްކޫލު
އާއިޝާ ނިޝިޔާ، ރ.ދުވާފަރު ޕްރައިމަރީ ސްކޫލު
މަރްޔަމް އާފް، ދުވާފަރު ޕްރައިމަރީ ސްކޫލު
މަރްޔަމް މާއިސާ، އެމް.އެސް ފައުންޑޭޝަން
މި ނުވަ ބައިވެރިންނަކީ މުޅި ރ.އަތޮޅުގައި ދުވާފަރު ތަމްޞީލުކުރުމަށްދާ ބައިވެރިންކަމަށްވުމުން، ދުވާފަރުގެ ނަން ރަން އަކުރުން ފަވާލުމަށް ލިބިފައިވާ މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް މުޅި ދުވާފަރުގެ ރައްޔިތުންގެ ނަމުގައާއި އަދި ދުވާފަރު ލައިވް ޓީމުގެ ނަމުގައިވެސް ހިތްވަރުދީ ނަސޭހަތްތެރިވަމެވެ. މި މުބާރާތުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ކާމިޔާބަށް އެދި ދުޢާކުރަމެވެ.
ފޮޓޯ: ދުވާފަރު ކައުންސިލް