މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މިއަދު ކުރިއަށްގެންދިޔަ ”ރަހަވަރު“ ކެއްކުމުގެ މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
ޖުމްލަ 12 ޓީމަކުން ބައިވެރިވެފައިވާ މި މުބާރާތުގެ އެއްވަނަ ޓީމަކީ، ޓީމް މަސްރޯއްޖެވެ. އެއްވަނަ ޓީމަށް ފިޝަރީޒް މިނިސްޓްރީއިން ދެއްވި 10،000 ރުފިޔާ އާއި އެސް.ޓީ.އޯ އިން ދެއްވި 10،000 ރުފިޔާއާއި އެކު ޖުމްލަ 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައިވެއެވެ. އަދި ދެވަނައަށް ގޮސްފައިވަނީ ޓީމް ގޯލްޑްފިޝްއެވެ. ޓީމް ގޯލްޑްފިޝްއަށް ފިޝަރީޒް މިނިސްޓްރީއިން ދެއްވި 7000 ރުފިޔާ އާއި އެސް.ޓީ.އޯއިން ދެއްވި 5000 ރުފިޔާއާއި އެކު ޖުމްލަ 12000 ރުފިޔާ ލިބިފައިވެއެވެ. އަދި ތިންވަނަ ޓީމަށް ފިޝަރީޒް މިނިސްޓްރީއިން ދެއްވި 5000 ރުފިޔާ އާއި އެސް.ޓީ.އޯއިން ދެއްވި 3000 ރުފިޔާއާއި އެކު ޖުމްލަ 8000 ރުފިޔާ ލިބިފައިވެއެވެ. ތިންވަނަ ޓީމެއްގެ ގޮތުގައި ހޮވިފައކވަނީ ޓީމް ރެހެންދީއެވެ.
މި މުބާރާތުގައި ވަރަށް ތަފާތު އެކި ވައްތަރުގެ ކެއުންތަކާއި، ވަރަށް އުފެއްދުންތެރި ގާނިޝިންގް ފެނިގެން ގޮސްފައިވެއެވެ.
ފޮޓޯ: މިނިސްޓްރީ އޮފް ފިސަރީޒް