45 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފަހާގަ ކުރުމަށް ރައީސް ޑރ މުއިޒް ދުވާފަރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައިސް ދުވާފަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 09:30 ގައެވެ.
ރައީސް ގެ މި ދަތުރުފުޅުގައި ގިނަ މަޝްރޫއުތަކެއް އިފްތިތާހް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި
ދުވާފަރު ސިއްހީ މަރުކަޒުގެ އާއިމާރަތް ހުޅުވުން
ދުވާފަރު ފުލުސް އިމާރަތުގެ ބިންގާ އެޅުން
ދުވާފަރު ސިއްހީ މަރުކަޒް ހޮސްޕިޓަލަކަށް ބަދަލް ކުރުމަށް ބިންގާ އެޅުން ފަދަ މަޝްރޫޢުތައް ހިމެނެއެވެ.