ރ.ދުވާފަރު ރައްޔިތެއްކަމަށްވާ އައިޝަތު ޝައްމާ އަޙުމަދަކީ، 23 އަހަރުގެ ޒުވާން މަންމައެކެވެ. އަދި އޭނާއަކީ މިހާރުވެސް Gastro-oesophageal reflux disease with hiatal hernia grade 3 (ބަނޑުގެ ހާނިޔާ) އަށް ފަރުވާ ހޯދަމުން އަންނަ އަދި އެ ބައްޔަށް ކުރަންޖެހޭ ބޮޑު އޮޕަރޭޝަނެއް ރާއްޖެއިން ބޭރުގައި ކުރަން ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ފަރާތެކެވެ. ޝައްމާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނާތީ، ޑޮކްޓަރުން ލަފާދެއްވާފައިވަނީ ވީ އެންމެ އަވަހަކަށް މި އޮޕަރޭޝަން ކުރުމަށެވެ.މި އޮޕަރޭޝަން ކުރުން މުހިންމުވަނީ، އޭނާގެ ހާލަތު ގޯސްވެ، ތަހައްމަލް ކުރަމުންދާ ވޭން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީއެވެ.
ޝައްމާ ބުނިގޮތުގައި، އޭނާއަކީ ގޮހޮރުގެ މައްސަލަތައްވެސް ހުންނަ މީހަކަށްވާތީ، މި އޮޕަރޭޝަން ރާއްޖޭގައި ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެކަމަށް ޑޮކްޑަރު ވިދާޅުވެފައިވއެވެ. އެހެންކަމުން، މި ބޮޑު އޮޕަރޭޝަން ކުރަންޖެހިފައިވަނީ ރާއްޖެއިން ބޭރުގައި، އިންޑިއާގައެވެ. އަދި އޮޕަރޭޝަން ކުރުމަށްފަހު އިންޑިއާގައި މަދުވެގެން އެއް މަސް ދުވަހު މަޑުކުރުމަށްވެސް ޑޮކްޓަރުންވަނީ އަންގަވާފައެވެ. މިކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެތީ، އޭނާ ވަނީ ދިވެހިރައްޔިތުންގެ ދީލަތި އެހީއަށް އެދިފައެވެ.
ޝައްމާގެ މި ދަތި ހާލަތުގައި، އޭނާއަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށް އާންމުންގެ އެހީތެރިކަމަށް ނުހަނު ބޭނުންވެއެވެ. ދެވޭ ކުޑަ އެހީއަކީވެސް އޭނާގެ ރިހުމާއި ތަދުތަކަށް ލުޔަކަށް ވެދާނެއެވެ. މި ހާލަތުގައި ޝައްމާއަށް އެހީތެރިވެދެއްވާ ހުރިހާފަރާތަކަށް އޭނާ ވަނީ ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ. އަޅުގަނޑުމެންގެ ކިތަންމެ ކުޑަ އެހީއަކީވެސް ނިވެމުން އަންނަ އުންމީދެއް ދިއްލާލަދެނިވި އަލިކަމަކަށް ވެދާނެއެވެ. އެހެންކަމުން، އެހީތެރިވެދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ބޭންކު އެކައުންޓުތަކަށް ފައިސާ ޖަމާކޮށްދެއްވުން އެދެމެވެ.
AISH.S.AHMED
MVR: 7730000681991
USD: 7730000766349
ފޮޓޯ: ކޮންޓެކްޓްސްޕޭސް