ރ.އުނގޫފާރުގައި ޤާއިމްކުރަމުންއައި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމް.އެން.ޔޫ) ގެ ކެންޕަހުގެ މަސައްކަތްނިމި، ކޯސްތަކަށް ކުރިކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމް.އެން.ޔޫގެ އުނގޫފަހަރު ކެންޕަހުގައި 5 ކޯހެއް ފެށުމަށް ހަމަޖައްސަވާ އެކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ. އަދި 2026 ވަނަ އަހަރު މިކޯސްތަކުގެ ފުރަތަމަ ޓާރމްގެ ކިޔެވުން ފެށުމަށް ހަމަ ޖައްސަވާފައިވާކަން އެމް.އެން.ޔޫ އިން ވަނީ ހާމަ ކުރައްވާފިއެވެ.

އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ:

. އެޑްވާންސް ސެޓްފިކެޓް އިން އެޑިއުކޭޝަން
. އެޑްވާންސް ސެޓްފިކެޓް އިން ނާސިންގ
. ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް(ބިޒްނަސް)
. ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް(ސައިންސް)
. ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް(ހިއުމަނިޓީޒް)

 މިކޯސްތަކަކީ  1 އަހަރު ދުވަހުގެ މުއްދަތަށް ހިންގާ ފުލްޓައިމް ކޯސްތަކެއްކަމުގައި  އެމް.އެން.ޔޫ އިން ވިދާޅުވެއެވެ.

އުނގޫފާރުގައި ހުޅުވިގެން މިދިޔަ ކެމްޕަހަކީ ރ.އަތޮޅުގެ ރައްޔިތުންނަށް މަތީ ތަޢުލީމު ލިބިގެންދާނެ ފަސޭހަ ފުރުސަތެއްކަން ކަށަވަރެވެ.