ދަންޑަހެލު ކަޕް 2025 ގައި މިއަދު ހަވީރު ކުޅެވުނު، މި މުބާާރާތުގެ ހަތަރުވަނަ މެޗުގައި ވޯރިއާސް ކައިރިން އިލެވެން އެޓޭކާރސް ކުރިހޯދައިފިއެވެ. މި މެޗު ނިމިގެން ދިޔައީ 4-2 ގެ ނަތީޖާއަކުންެވެ
މިއަދުގެ މެޗުގައި އިލެވެން އެޓޭކާރސްއިން ފުރަތަމަ ގޯލް ޖަހައިދިނީ އެ ޓީމުގެ ޕިންގޯއެވެ. ދެވަނަ އަދި ތިން ވަނަ ގޯލް ޖަހައިދިނީ އެ ޓީމުގެ އުންމީދީ ފޯވާޑް އަޒޫމެވެ. އަދި ހަތަރުވަނަ ގޯލު ޖަހައި ޓީމަށް މެޗުގެ ކާމިޔާބީ ޔަގީންކޮށްދިނީ ފައްޓޭއެވެ. ކްލަބް އިލެވެން އެޓޭކާރސްގެ ވަރަށް ވަރުގަދަ އަދި އެހާމެ ރީތި ޝޮޓުތަކާއި ގޯލު ތަކުގެ އިތުރުން ސޭވްތަކެއް ފެނިގެން ދިޔަ ނަމަވެސް ޓީމް ވޯރިޔާސްއިން ވެސް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރިކަން ފާހަގަ ކުރެވެއެވެ.
އެގޮތުން ވޯރިއާސް ޓީމުންވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ފުރަތަމަ ގޯލު އަންމި ޖަހައިދިންއިރު، ދެވަނަ ގޯލު ޖަހައިދިނީ ނޫންބެއެވެ. މި މެޗުގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ އިލެވަން އެޓޭކާރސްގެ އަޒޫމެވެ.
މުބާރާތުގައި ދެން އިލެވެން އެޓޭކާރސް ބައްދަލުކުރާނީ ސިލްވަރ ޔުނެއިޓެޑާއިއެވެ. މި މެޗު އިލެވެން އެޓޭކާސްއިން މޮޅުވުން ނޫނީ އެއްވަރު ކުރުން ވަރަށް މުހިންމުވެގެންދާނެއެވެ.