ދަންޑަހެލު ކަޕް 2025 ގައި މިއަދު ހަވީރު ކުޅެވުނު، މި މުބާާރާތުގެ  ތިންވަނަ މެޗުގައި  ބައްދަލުކުރީ، މިދިޔަ އަހަރުގެ ޗެމްޕިއަން ޑާރކްޕާކާއި ސިލްވަރ ޔުނައިޓެޑެވެ. މި މެޗު ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއަކުން، ސިލްވަރ ކުރިހޯދައިގެންނެވެ.

މިއަދުގެ މެޗުގައި ޖެހި ފުރަތަމަ އަދި ފަހު ލަނޑު ޖަހައިދިނީ ސިލްވަރ ގެ ކުޅުންތެރިޔާ ޝަންޓޭއެވެ. މެޗުގެ ފުރަތަމަ 7 ވަނަ މިނެޓުގައި ޝަންޓޭ ޖަހައިދިން މި ގޯލަކީ މުޅި މެޗުގައިވެސް ޖެހުނު ހަމަ އެކަނި ގޯލެވެ.  އެހެން ނަމަވެސް މެޗު ނިމުމަކާއި ހަމައަށް އަންނަންދެން ދެ ޓީމުންވެސް އިތުރު ގޯލުތަކެއް ޖެހޭތޯ މަސައްކަތް ކުރި މަންޒަރު ފެނިގެންދިޔައެވެ. އަދި ދެ ޓީމުގެވެސް ރަނގަޅު ޝޮޓުތަކެއް ވަނީ ފެނިފައެވެ. 

ވަރަށް ފޯރިގަދަކޮށް ކުޅެވުނު މި މެޗު ނިމިގެން ދިޔައިރު ސިލްވަރ ޔުނައިޓެޑްގެ ރަނގަޅު ސޭވްތަކެއްވެސް ފެނިގެން ދިޔަކަން ފާހަގަކުރެވެއެވެ. މި މެޗުގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ  ސިލްވަރ ޔުނައިޓެޑްގެ ކުޅުންތެރިޔާ  ހިޝާމް ސަލީމެވެ.