ދުވާފަރު ސިއްޙީ މަރުކަޒުން އިންތިޒާމުކޮށްގެން މިއަދު ހަވީރު ދުވާފަރުގައި މެރަތަންއެއް ކުރިއަށް ގެންގޮއްސިއެވެ.
މި މެރަތަން އަކީ ދުވާފަރު ސިއްޙީ މަރުކަޒަށް 17 އަހަރު ފުރުމާއި ގުޅިގެން ” އެނުއަލް ރަން 2025“ ގެ ނަމުގައި ކުރިއަށް ގެންދެވިފައިވާ މެރަތަންއެކެވެ.
ދުވާފަރު ސިއްޙީ މަރުކަޒުން، ދުވާފަރު ލައިވްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކަސްރަތު ކުރުމުގެ މުހިންމުކަން އާންމުންނަށް ވިސްނައިދިނުމަކީ މި މެރަތަނުން ދޭން ބޭނުންވި އެންމެ މުހިންމު މެސެޖުކަމުގައެވެ.
މި މެރަތަންގައި ޖުމްލަ 100 ބައިވެރިން ބައިވެރިވެފައިވާއިރު، 1 ވަނަ ލިބިފައިވަނީ އަލީ އައިހަމް އިބްރާހިމަށެވެ. އަދި ދެވަނަ އަނަސް އިބްރާހިމް އަށް ލިބިފައިވާއިރު ތިންވަނަ ލިބިފައިވަނީ އަބްދުﷲ ވަސީމަށެވެ.
މި މެރަތަން ކާމިޔާބު ކަމާއިއެކު ކުރިއަށްގެންދިޔުމަށް، މި މެރަތަން ސްޕޮންސަރ ކޮށްދެއްވާފައިވަނީ ދުވާފަރު ކައުންސިލުންނެވެ.