އަންނަ އަހަރު ސައިބާރ ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނެއް އެކުލަވާލަވާނެކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ

.ރައީސް މިހެން ވިދާޅުވީ ރޭގައި. ބޭއްވި ‘ކޮޕީ ވިތް ޕްރެޒިޑެންޓް’ އިވެންޓުގައި ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހުއެވެ

 މީގެ އިތުރުން، ސައިބަރ ކުށްތަކަށް އެކަށީގެންވާ ޤާނޫނެއް އަދި ހެދިފައި ނުވާކަމަށާއި، ފާއިތުވި އަހަރު ޤާއިމު ކުރެވުނު ނޭޝަނަލް ސައިބާރ ސެކިއުރިޓީ އެޖެންސީއިން ސައިބަރ ކުށްތަކަށް  އެކަށީގެންވާ ޤާނޫނެއް އެކުލަވާލުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ  ޤާއިމު ކުރެއްވުމުގެ މަޤްސަދަކީ  ޕޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރުމާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާގައި އަމަލުކުރާނެ މިންގަނޑު ތަކަކާއި އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.