ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އެސްޕަޔާ / ރިނޯން ފްލެއާ ޗެމްޕިއަންޝިޕްގެ ފައިނަލުން ރ. ދުވާފަރު އެކަޑަމީން ޖާގަ ހޯދައިފއެވެ.
ޗެމްޕިއަންޝިޕްގެ 10 އަހަރާއި 12 އަހަރުން ދަށުގެ ދެ ކެޓަގަރީގެ ފައިނަލުން ރ. ދުވާފަރު އެކަޑަމީން ޖާގަ ހޯދައިފިއެވެ. ފައިނަލުގެ އަނެއް ދެޖާގަ ކަށަވަރުކޮށްފައިވަނީ އެޑްވެންޗާސް ފުޓްބޯލް އެކަޑަމީ އާއި ސްރީ ލަންކާގެ ރިނޯން އެވެ.
މި މުބާރާތުގައި ވާދަކުރަނީ ދިވެހިރާއްޖޭގެ ފަސް އެކަޑަމީ އާއި ސްރީލަންކާގެ އަށް އެކަޑަމީއެވެ. ހަތަރު އުމުރުފުރާ ކެޓަގަރީ ތަކަކަށް ބަހާލެވި ޓީމުތައް މިމުބާރާތުގައި ވާދަކުރެއެވެ. އެގޮތުން ވާދަ ކުރަމުންދާ އުމުރު ފުރާތަކަކީ:( އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ ކުދިންނެވެ.
މިމުބާރާތުގެ މި އުމުރުފުރައިގެ ފައިނަލު މެޗުގައި ވާދަ ކުރަނީ އެޑްވެންޗާސް އާއި ދުވާފަރު އެކަޑެމީއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ.