އެއީ ލޯބި ލޯބި ކުޑަ ކުޑަ ފިރިހެން ކުއްޖެކެވެ. ގާތްގަނޑަކަށް 5 ވަރަކަށް އަހަރުގެ ކުއްޖެކެވެ. ނުކައި ނުބޮއެ ހުންނަތާ އެތައް ގަޑިއިރެއްވިއެވެ. ދިރިހުރުމަށްޓަކައި ޟަރޫރީ އެއްވެސް ވަޞީލަތެއް އެ ކުޑަ ކުއްޖާގެ ނެތެވެ. ކާނެ އެއްޗެއް ލިބޭތޯ 12 ކިލޯމީޓަރު ހިނގީ ފައި މަގުގައެވެ. ކާނެ އެއްޗެއް ލިބުނެވެ. އެހެން ނަމަވެސް ކާނެ ފުރުޞަތެއް ނުދިނެވެ. ކެއުމަށް އެ ޅަ ފުރާނަ އެންމެ ބޭނުންވި ވަގުތު ކާ އެއްޗެހި އަތަށް ދިނުމަށްފަހު މަރާލީއެވެ. ހަމަ އެތަނުގައެވެ. އާއެކެވެ. އެ ކުޑަ ކުއްޖާގެ ލެއަށް ފެންބޮވައިގެން ތިބީ ޔަހޫދީ ޒަޔަނިސްޓުންނެވެ. އެ ތުއްތު ފުރާނަ ނައްތާލީ ފަލަސްތީނަށް އުފަންވިކަމަށްޓަކައެވެ. އެއީ ތިބާގެ ލޯބިވާ ދަރިފުޅު ނަމަ ވާނެ ގޮތް ހިތަށް ތަސައްވުރު ކޮށްލަބަލާށެވެ.
ޣައްޒާއިން ކުރު ވާހަކަ: ކުޑަ ކުޑަ އާމިރު
August 1, 2025
One Min Read
287
Views
0
Comments