ދަންޑަހެލު ކަޕް 2025 ގައި މިއަދު ހަވީރު ކުޅެވުނު، މި މުބާާރާތުގެ ދެވަނަ މެޗުގައި ބައްދަކުކުރީ، ސިލްވާ ޔުނައިޓެޑާއި ވޯރިޔާސްއެވެ. މި މެޗު ނިމިގެން ދިޔައީ 3-0 ގެ ނަތީޖާއަކުން ނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ސިލްވާ ޔުނައިޓެޑްގެ ާކުޅުންތެރިޔާ މިދުހަތެވެ. މީގެ އިތުރުން މެޗުގެ 2 ވަނަ ގޯލް 42 ވަނަ މިނެޓްގައި ޖަހާފައިވަނީ މިދުހަތެވެ
ދެވަނަ ހާފުގައި ވޯރިޔާސްގެ މޮޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް 63 ވަނަ މިނެޓްގައި ސިލްވަރ ޔުނައިޓެޑްގެ ކުޅުންތެރިޔާ ނަޒްމީ ވަނީ މެޗުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑް ނަގާފައެވެ.
ފޯރިގަދަ މި މެޗު ނިމިގެން ދިޔައީ 3-0 ނަތީޖާއަކުން ސިލްވާރ ޔުނައިޓެޑް ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ މޭން އޮފް ދި މެޗަށް ހޮވިފައިވަނީ ސިލްވާރ ޔުނައިޓެޑްގެ ދެ ގޯލް ކާމިޔާބު ކުރި މިދުހަތެވެ.