ޣައްޒާއިން ކުރު ވާހަކަ: ކުޑަ ކުޑަ އާމިރު

އެއީ ލޯބި ލޯބި ކުޑަ ކުޑަ ފިރިހެން ކުއްޖެކެވެ. ގާތްގަނޑަކަށް 5 ވަރަކަށް އަހަރުގެ ކުއްޖެކެވެ. ނުކައި ނުބޮއެ ހުންނަތާ އެތައް ގަޑިއިރެއްވިއެވެ. ދިރިހުރުމަށްޓަކައި ޟަރޫރީ އެއްވެސް ވަޞީލަތެއް އެ ކުޑަ ކުއްޖާގެ ނެތެވެ. ކާނެ އެއްޗެއް ލިބޭތޯ 12 ކިލޯމީޓަރު ހިނގީ ފައި މަގުގައެވެ. ކާނެ އެއްޗެއް ލިބުނެވެ. އެހެން ނަމަވެސް ކާނެ ފުރުޞަތެއް ނުދިނެވެ. ކެއުމަށް އެ ޅަ ފުރާނަ އެންމެ ބޭނުންވި ވަގުތު ކާ އެއްޗެހި އަތަށް ދިނުމަށްފަހު މަރާލީއެވެ. ހަމަ އެތަނުގައެވެ. […]
މިއަހަރުގެ ޗެމްޕިއަނަށް ޓީމް ޖުލައި 26!

ދުވާފަރު މިނިވަން ބަށި މުބާރާާތް 4 ގެ އެއްވަނަ ޓީމަކަށް ޓީމް ޖުލައި 26 ހޮވިއްޖެއެވެ. މިއަދު ހަވީރު ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ޓީމް ޖުލައި 26 ޗެމްޕިއަންކަން ހޯދީ 20 ލަނޑު – 13 ލަނޑުން ޓީމް ނަޔާ ފަތްމިނި ކައިރިނެވެ. މި މުބާރާތުގެ ރަނަރަޕަށް ޓީމް ނަޔާ ފަތްމިނި ހޮވިފައިވާއިރު، ފެއާރ ޕްލޭ ޓީމަކަށް ހޮވިފިވަނީ ޓީމް ގްރޭ ޕަރީއެވެ. މި މުބާާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އަކީ ޓީމް ނަޔާ […]
ދުވާފަރުގައި މިނިވަން ބަށި މުބާރާތް 4 ފެށިގެން ކުރިއަށްދަނީ!

ފާއިތުވި 3 އަހަރެކޭ އެއްފަދައިން މިއަހަރުވެސް ދުވާފަރުގައި މިނިވަން ދުވަހާއި ގުޅުވައިގެން ކަނބަލުންގެ މެދުގައި ބަށި މުބާރާތެއް ކުރިއަށް ގެންދަނީއެވެ. ޖުލައި 26 ގައި ފެށިގެން ކުރިއަށްދާ މި ބަށި މުބާރާތަކީ ދުވާފަރުގެ ޑަބްލިއު.ޑީ.ސީ އާއި ދުވާފަރު ކައުންސިލް ގުޅިގެން ކުރިއަށްދާ މުބާާރާތެކެވެ. ޑަބްލިއު.ޑީ.ސީ ގެ ރައީސާ އައިމިނަތު އަހުމަދު ވިދާޅުވީ މި މުބާރާތުގެ މަޤްޞަދަކީ ކަނބަލުންގެ މެދުގައި އެކުވެރިކުރުވުމާއި ކެރުންތެރިކުރުވުމުގެ އިތުރުން އެއް ރޫޙެއްގައި ހެލިފެލިވެ ދުޅަހެޔޮކޮށް ތިބުމަށް ހިތްވަރު ދިނުމެވެ. މިއީ 16 އަހަރުން […]
ބޭސް ފަރުވާއަށް ބޭރަށް ދާ ދިވެހިން، ޑޮލަރަށް ސަލާންޖެހުން ނިމުމަކަށް!

ދިވެހިރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިވެހިންނަށް ޑޮލަރު ލިބުމުގެ މަގު ފަސޭހަ ކޮށްދިނުމަށް، މިހާރުވެސް ބެންކު މެދުވެރިކޮށް އާސަންދަ ޕޭޝަންޓުންނަށް 2000 ޑޮލަރު ފޯރުކޮށްދޭހެން އެންސްޕާގެ ޕޭޝަންޓުންނަށްވެސް މި އަހަރުގެ އޯގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިރޭ ސޯޝަލް މީޑިޔާގައި އެމަނިކުފާނުގެ ރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. އަދި އެންސްޕާގެ ޕޭޝަންޓުންގެ އިތުރުން އަމިއްލަ ގޮތުން ބޭސްފަރުވާއަށްދާ ފަރާތްތަކަށް 1000 ޑޮލަރު […]
“ހައުސް ކީޕީންގް ވީކް” މިއަހަރު ކުލަގަދަކޮށް ދުވާފަރުގައި!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ހައުސް ކީޕިންގް ވީކް” މިއަހަރު ދުވާފަރުގައި ވަރަށް ކުލަގަދަކޮށް ބާއްވަން ވަނީ ނިންމާފައެވެ. މި އަހަރުގެ ސެޕްޓެމްބަރ 19 އަދި 20 ވަނަ ދުވަހު މި އިވެންޓް ދުވާފަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދުވާފަރު ލައިވް އާއި، މޯލްޑިވްސް ހައުސް ކީޕީންގް އެސޯސިއޭޝަނާއި، ދުވާފަރު ކައުންސިލް ގުޅިގެންނެވެ. “ހައުސް ކީޕިންގް ވީކް” ގެ ހަރަކާތްތަކުގެ ތެރެއިން ދުވާފަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ބެޑް ޑެކޮރޭޓިންގް” މުބާރާތުގައި ބައިވެރިވުމުގެ […]
ޤައުމަށް ހަޤީޤީ ޚިދުމަތް ކުރާ ޚިދުމަތްތެރިން ބިކަކުރަނީ ޤައުމިއްޔަތު ހެއްޔެވެ؟

ވަރަށް ފުޅާ އަދި އެހާމެ ޚައްޞާޞީ މަޢުޟޫއެކެވެ. މަޢުޟޫއަށް އިންސާފް ކުރުމުގެ ކުރިން ޤައުމިއްޔަތަކީ ކޮބާތޯ ބަލާލަމާހެއްޔެވެ؟ ޤައުމިއްޔަތަކީ ޤައުމީ ވަންތަކަމެވެ.ނައިފަރު މުޙައްމަދު ސަމީރު، އެބޭފުޅާ ލިޔުއްވި ”ދިވެހި ޤައުމިއްޔަތު“ މި ލިޔުމުގައި ބަޔާން ކުރައްވާފައި ވެއެވެ: ”މި ރާއްޖޭގެ ރަށްތަކުގައި، ރުއްތަކުގެ ހިޔާވަހިކަމުގެ ދަށުގައި ކަނޑުންނާއި އެއްގަމުން އަނގަމަތިކޮށް ދެއްވާފައިވާ ޚަޒާނާތަކުން ދިރިއުޅުން ހަމަޖައްސަމުން، އަމިއްލަ ވެރިކަމެއް މިނިވަންކަމާ އެކު ، އިސްލާމްދީނުގެ އަލީގައި ކުރަމުން، އަމިއްލަ ބަހަކުން ވާހަކަދައްކައި ލިޔަމުން ދާ ބަޔަކީ ދިވެހީންނެވެ. […]
އެމް.ޑަބްލިއު.އެސް.ސީ ގެ މޯބައިލް އެޕް އަޕްގްރޭޑްކޮށްފި!

އެމް.ޑަބްލިއު.އެސް.ސީ އިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފެންވަރު ރަނގަޅުކޮށް، އަދާ ހަމަ ކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެ ކުންފުނީގެ މޯބައިލް އެޕް މިއަދު އަޕްޑޭޓުކޮށްފިއެވެ. މި އެޕް އަޕްޑޭޓްކޮށް އާންމުކުރުމަށް ބޭއްވުނު ހަފްލާގައި، އެ ކުންފުނީގެ ޗެއާރޕާރސަން އަލްފާޟިލާ ޝަމްހޫޒާ އަހުމަދު ވިދާޅުވީ މިއެޕްގެ ޒަރިއްޔާއިން، ކަސްޓަމަރުން ކައުންޓަރަށް ޚިދުމަތް ހޯދަން އަންނަން ނުޖެހި ކޮންމެ ވަގުތެއްގައިވެސް، ފަސޭހަކަމާއި އަވަސްކަމާއި އެކު ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް ހުށައެޅުމާއި، ބިލްތަކަށް […]
ރާއްޖޭގައި ބީ.އެމް.އެލް އިން ހުޅުވި” ޕޭޕަރ ލެސް“ ފުރަތަމަ ބްރާންޗް ދުވާފަރުގައި!

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ ބްރާންޗް މިއަދު ރ. ދުވާފަރުގައި ހުޅުވައިފިއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހުޅުވުނު ފުރަތަމަ ”ޕޭޕަރ ލެސް“ ނުވަތަ ކަރުދާހާއި ނުލާ ހިންގޭ ފުރަތަމަ ބްރާންޗްވެސް މެއެވެ. ދުވާަފަރުގައި މިއަދު ހުޅުވުނު ބެންކް އޮފް މޯލްޑިވްސް، އިސްލާމިކް ބްރާންޗު ހުޅުވައިދެއްވާފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަސޭހަ ކަމާއިއެކު ބެންކިންގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، […]
ދަންޑަހެލު ކަޕް 2025: މިފަހަރުގެ ޗެމްޕިއަން ސިލްވަރ ޔުންއިޓެޑް !

ދަންޑަލު ކަޕްގެ ފައިނަލު މެޗު މިއަދު ހަވީރު ކުރިއަށް ގޮސްފައިވާއިރު، މި އަހަރުގެ ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ސިލްވަރ ޔުނައިޓެޑެވެ. ސިލްވަރ އިން ޗެމްޕިއަން ކަން ހޯދައިފިވަނީ 1-2 އެއްގެ ސްކޯރ އަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނިޓުތެރޭ މެޗުގެ ފުރަތަމަ ލަނޑު އަދި ސިލްވަރ ޔުނައިޓެޑުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ކުޅުންތެރިޔާ އަލީ ނަޡްމީ އެވެ. ސިލްވަރ ޔުނޒއިޓެޑުގެ ދެވަނަ ގޯލު ކާމިޔާބުވެގެން ދިޔައީ ފުރަތަމަ ހާފްގެ ފަހު […]
ކެނޯގައި ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ދިވެހި ޒުވާނަ ފެނިއްޖެ،

ރ. އަތޮޅުގެ ރިސޯޓަކުން ކެނޯއެއްގައި ކަނޑުމައްޗަށް ނުކުތުމައް ފަހު ގެއްލިގެން ހޯދަމުންދާ ދިވެހި ޒުވާނާ ފެނިއްޖެއެވެ. މީޑިއާއަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މm އިއެޔެ ހަވީރުގެ ވަގުތެއްގައި ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނިކުތް އެ ރިސޯޓުގެ މުވައްޒަފެއް ޚަބަރެއް ނުވެގެން ގެއްލިފައިވާ މައްސަލަ މިރޭ 08:43 ހާއިރު ރިޕޯޓްކޮށްފައިވާކަމަށާއި އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓުތަކުން ކުރަމުންދަނިކޮށް މިރޭ 10:30 ހާއިރު ރ .ދުވާފަރަށް […]