އަހަރެންގެ ރަށު ރާގު

ދިވެހިރާއްޖޭގެ ރަށްތަކުގައި ވާހަކަ ދައްކާ އުޅޭ ބަހުރުވަ އަށް ވިސްނާލާ އިރު ކޮންމެ ރަށްކީވެސް އެބައިމީހުންގެ އަމިއްލަ ވަންތަ ރާގެއް އޮންނަ ރަށެކެވެ. ބައެއް ރަށްރަށުގައި ފިލިތަކަށް ދެމުމެއް ގެންގުޅޭ އިރު އަނެއްބައި ރަށްތަކުގައި ދެމުމެއް ނުހުރެއެވެ. އަދި ހަމަ އެހެންމެ ތަކެއްޗަށާއި ތަންތަނަށް ކިޔާ ނަންތައް ވެސް ތަފާތެވެ. އެއް އަތޮޅެއްގެ ތެރޭގައި ހިމެނޭ ރަށް ތަކުގައިވެސް ތަފާތު ތައް ހުރެއެވެ. މިއީ ހައްތާވެސް އަހަރެމެން ދިވެހީންގެ ބަހުރުވައިގެ މުއްސަދި ކަމެވެ. ރަށުގައި ގެންގުޅޭ ރާގުގެ […]

ގްލޯބަލް ސުމުދު ފްލޮޓިލާ  އަދާއިހަމަ  : މިހާރު ޣައްޒާގެ އައްސޭރިފަށާ  ދަތުރުކުރާ  އެންމެ  ފަހު  އުޅަނދަކަށް މެރިނެޓް ! 

ގްލޯބަލް ސުމުދު ފްލޮޓިލާ  އަދާއިހަމަ  : މިހާރު ޣައްޒާގެ އައްސޭރިފަށާ  ދަތުރުކުރާ  އެންމެ  ފަހު  އުޅަނދަކަށް މެރިނެޓެވެ. މެރިނެޓަކީ ޕޮލެންޑް ދިދަ ދަށުން ދަތުރުކުރާ އުޅަނދެކެވެ.  މިއުޅަނދުގައި  ޖުމްލަ 6 ފަސިންޖަރުން ދަތުރުކުރެއެވެ.  ގްލޯބަލް ސުމުދު ފްލޮޓިލާގެ ތިން އުޅަނދެއް އަދިވެސް ޣައްޒާއާ ދިމާއަށް ދަތުރުކުރަމުންދާއިރު، ބާކީ ހުރި އުޅަނދުތައް ނިރުބަވެރި ސިޙްޔޫނީން، އަޝްދޮދު ބަނދަރަށް ޓޯކޮށްފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ. ފްލޮޓިލާގެ  ގިނަ  އަދަދެއްގެ އުޅަނދުތަކެއް  ނިރުބަވެރިންގެ ބާރުގެ  ދަށަށް  ގެންދިޔުމުގެ  ސަބަބުން  މިހަރަކާތުގެ  ބައިވެރިންނަށް  […]

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ  : އިސްރާއީލުގެ މުޅި ޑިޕްލޮމެޓިކް ވަފުދު އެގައުމުން ވަކިކުރުމަށް އަމުރުކޮށްފި  ! 

ގްލޯބަލް ސުމޫދު ފްލޮޓިލާ ބޯޓުގައި  ތިބި އެކްޓިވިސްޓުންނާއި ސިޔާސީ ބޭފުޅުން އިސްރާއީލު  ސަހްޔޫނީން  ވަނީ ބަންދުކޮށްފައެވެ.  އޭގެ  ތެރޭގައި  ކޮލަމްބިއާގެ ދެ ރައްޔިތަކު  ހިމެނޭއެވެ.  މިކަމާއި  ގުޅިގެން ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އިސްރާއީލުގެ މުޅި ޑިޕްލޮމެޓިކް ވަފުދު އެގައުމުން ވަކިކުރުމަށް  ވަނީ އަމުރުކޮށްފައެވެ.  ތިރީގައި  އެވަނީ އިސްރާއީލު  ސަހްޔޫނީން  ފުރަޔަމަ ބަންދު  ކުރި އެކްޓިވިސްޓުންނާއި  ސިޔާސީ ބޭފުޅުންގެ  މައުލޫމާތެވެ.  🇸🇪 ގްރެޓާ ތަންބަރގް – މޫސުމާ ބެހޭ އެކްޓިވިސްޓް 🇿🇦 މަންދުލާ މަންޑޭލާ – ނެލްސަން […]

ފުރަތަމަ  ފަހަރަށް ގައްޒާގެ  ކަނޑުގެ  ތެރެއަށް  ވަދެވުނު   ގްލޯބަލް ސުމުދު ފްލޮޓިލާގެ އުޅަނދަށް  ” މިކޭނޯ  ” 

ޣައްޒާއަށް ދަތުރުކުރާ އެހީގެ ކޮންވޯއީއެއް ކަމަށްވާ ގްލޯބަލް ސުމުދު ފްލޮޓިލާގައި ތިބި ބައިނަލްއަގްވާމީ 223 އެކްޓިވިސްޓުން އިސްރާއީލުގެ ސިފައިން ވަނީ ބަންދުކޮށްފަ އެވެ. 40 އަށް ވުރެ ގިނަ  އުޅަނދު  ހިފެހެއްޓިކަމަށް ރިޕޯޓް ކުރި ނަމަވެސް، އެއް އުޅަނދެއް ކަމަށްވާ މިކޭނޯ ކާމިޔާބުކަމާއެކު އިސްރާއީލުގެ ބްލޮކޭޑް  ހުރަސްކޮށްފިއެވެ.  މެޕުން ފެންނަ ގޮތުގައި ގްލޯބަލް ސުމުދު ފްލޮޓިލާގެ މިކެނޯ އުޅަނދު ހުއްޓުވާފައިވީ ނަމަވެސް، އެ އުޅަނދު އިސްރާއީލުގެ ކަނޑުގެ ސިފައިން ހުއްޓުވި ކަމެއް ނުވަތަ ހަމަލާއެއް ދިން ކަމެއް […]

‎ޣައްޒާ ފްލޮޓީލާ ހުއްޓުވަން ސަހްޔޫނީންގެ ނިކުމެއްޖެ

އިންސާނީ އެހީއާއި އެކު ޣައްޒާގެ ބަނދަރަށް ދަތުރުކުރަމުންދާ ފްލޮޓިލާ، މަންޒިލާއި ކައިރިވެފައިވަނިކޮށް، ފްލޮޓިލާ ހުއްޓުވުމަށް ނިރުބަވެރި އިސްރާއީލުން މަސައްކަތްކުރާކަމަށް މައުލޫމާތުލިބެއެވެ.  ފްލޮޓިލާގެ މަސްދަރުތަކުން ބުނާ ގޮތުގައި އިސްރާއީލުގެ މަނަވަރުތަކުން ވަނީ ފްލޮޓިލާގެ ލީޑް ބޯޓު، އަލްމާ އާއި ސިރިއަސް ވަށާލައި، އެ ބޯޓުތަކުގެ މުވާސަލާތީ ޚިދުމަތްތައް ކަނޑާލާފައެވެ. އަދި އިސްރާއީލުގެ މަނަވަރުތަކުން ފްލޮޓިލާއަށް ހަމަލާދީފާނެކަމުގެ ބިރު އުފެދިފައިވާކަމަށްވެސް މި މަސްދަރުތަކުން ރިޕޯޓްކުރެއެވެ. ނަމަވެސް އިންތިޒާމް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފްލޮޓިލާއިން އަޒުމް ކަނޑައަޅާފައި ވަނީ ސުލްހަވެރިކަމާއެކު […]

އަލީ ހާފިޒް: ޤައުމު ތަމްޞީލުކުރާ ރ.އަތޮޅުގެ ތަރި

  ރާއްޖޭގެ ކުޅިވަރަށް ލޯބިކުރާ އަދި ޚާއްސަކޮށް ފުޓްސަލްއަށް ލޯބިކުރާ ކޮންމެ ދިވެއްސަކަށްވެސް އެންމެ ފަރިތަ އެއް ނަމަކަށްވާނީ ރ. އިނގުރައިދޫއަށް އުފަން ޢަލީ ހާފިޒު (ހާއްޕެ)އެވެ.  ހާއްޕެއަށް ސަޕޯޓްކުރާ ގިނަ މީހުންނަށް ހާއްޕެއަށް ސަޕޯޓްކުރާނީ ފުޓްސަލް ދަނޑުގައި ފެންނަ ހުނަރުވެރިކުޅުމާއި، މޮޅުވުމަށް ގަދައަޅާ މަސައްކަތްކުރާ ކުޅުންތެރިއަކަށް ވީތީއެވެ. އެހެންނަމަވެސް، ހާއްޕެ ދަންނަ ހާއްޕެއާއި ދިމާވެފައިވެފައިވާ ކޮންމެ މީހަކުވެސް ހާއްޕެގެ މޮޅު ކުޅުމާއި ހުނަރާއި އެއްވަރަށް އޭނާގެ އަޚްލާގަށް ތައުރީފުކުރާނެއެވެ.  ހާއްޕެގެ ވިދުން ގަދަވަނީ ކުޅުމުގެ ތެރޭގައި […]

އެންމެން ގުޅިގެން ޝައްމާއަށް އެހީތެރިވަމާ!

ރ.ދުވާފަރު ރައްޔިތެއްކަމަށްވާ އައިޝަތު ޝައްމާ އަޙުމަދަކީ، 23 އަހަރުގެ ޒުވާން މަންމައެކެވެ. އަދި އޭނާއަކީ މިހާރުވެސް  Gastro-oesophageal reflux disease with hiatal hernia grade 3 (ބަނޑުގެ ހާނިޔާ) އަށް ފަރުވާ ހޯދަމުން އަންނަ އަދި އެ ބައްޔަށް ކުރަންޖެހޭ ބޮޑު އޮޕަރޭޝަނެއް ރާއްޖެއިން ބޭރުގައި ކުރަން ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ފަރާތެކެވެ.  ޝައްމާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނާތީ، ޑޮކްޓަރުން ލަފާދެއްވާފައިވަނީ ވީ އެންމެ އަވަހަކަށް މި އޮޕަރޭޝަން ކުރުމަށެވެ.މި އޮޕަރޭޝަން ކުރުން މުހިންމުވަނީ، އޭނާގެ […]

ރ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތުގައި ދުވާފަރު ތަމްސީލު ކުރާ ބައިވެރިންނަށް މަރުހަބާ!

ފާއިތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް ރ.އަތޮޅަށް އަމާޒުކޮށް ރ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ޤުރުއާން މުބާރާތް، މި ހަފްތާގެ ބުރާސްފަތި ދުވަހު ރ.އިންނަމާދޫގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސް ކީރިތި ޤުރުއާނަށް ލޯބިޖައްސައި، ޤުރުއާން ކިޔެވުން އިތުރުކުރުމަށް ބާއްވަމުން އަންނަ ވަރަށް މުހިއްމު ދީނީ މުބާރާތެކެވެ. މި އަހަރުގެ މި މުބާރާތުގައި ރ.ދުވާފަރު ތަމްޞީލުކުރުމަށް ޖުމްލަ ނުވަ ބައިވެރިން ހޮވިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ބައިވެރިންނަކީ ރ.އަތޮޅު މަދަރުސާ، ރ.ދުވާފަރު […]

އަރުތަ ފުޓްސަލް ޗެލެންޖު 2025:  ފަހަތުން  އަރައި  އަލިފުށި  ޓީމް  ބަލިކޮށް  ދުވާފަރު ފައިނަލަށް!

މިރޭ ރ.ރަސްމާދޫގައި ކުޅެވުނު އަރުތަ ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލްގެ 2 ވަނަ މެޗުގައި އަލިފުށީ ކައިރިން ވަރަށް ހަނި ފުރުސަތަކުން މޮޅުވެ ދުވާފަރު ފައިނަލަށް ދަތުރުކޮށްފިއެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި އަލިފުށީ ޓީމުގެ ފުރަތަމަ އަދި މެޗުގެވެސް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ސަލާމެވެ. ސަލާމުގެ ގޯލަށް ދެ މިނެޓު ރަނގަޅަށް ހަމަ ނުވަނީސް ދުވާފަރުގެ ޒުވާން ކުޅުންތެރިޔާ ލޫތު އެ ޓީމަށް، އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ […]

އަރުތަ ފުޓްސަލް 2025: ފަހަތުން އަރައި ހުޅުދުއްފާރު ކައިރިން ދުވާފަރު ކުރިހޯދައިފި!

އަރުތަ ފުޓްސަލް  2025 ގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި ، ފަހަތުން އަރައި ހުޅުދުއްފާރު ކައިރިން ދުވާފަރު މޮޅުވެއްޖެއެވެ. 3-2 އަކުން ދުވާފަރު މި މެޗު ކާމިޔާބު ކުރީ އެންެ ފަހު 30 ސިކުންތުގައެވެ. މިއަދުގެ މެޗުގައި އެންމެ ފުރަތަމަ ގޯލެއް ޖެހީ ހުޅުއްދުއްފާރުގެ ކުޅުންތެރިޔާ އަލީފެވެ. އަލީފުގެ ފުރަތަމަ ގޯލަށް މާ ގިނަ އިރުތަކެއް ނުވަނީސް އަނެއްކާވެސް ހުޅުއްދުއްފާރަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދިނީ ހަމަ އެ ޓީމުގެ އަލީފެވެ.  މެޗުގެ ދެވަނަ […]