ގްލޯބަލް ސުމުދު ފްލޮޓިލާ އަދާއިހަމަ : މިހާރު ޣައްޒާގެ އައްސޭރިފަށާ ދަތުރުކުރާ އެންމެ ފަހު އުޅަނދަކަށް މެރިނެޓް !

ގްލޯބަލް ސުމުދު ފްލޮޓިލާ އަދާއިހަމަ : މިހާރު ޣައްޒާގެ އައްސޭރިފަށާ ދަތުރުކުރާ އެންމެ ފަހު އުޅަނދަކަށް މެރިނެޓެވެ. މެރިނެޓަކީ ޕޮލެންޑް ދިދަ ދަށުން ދަތުރުކުރާ އުޅަނދެކެވެ. މިއުޅަނދުގައި ޖުމްލަ 6 ފަސިންޖަރުން ދަތުރުކުރެއެވެ. ގްލޯބަލް ސުމުދު ފްލޮޓިލާގެ ތިން އުޅަނދެއް އަދިވެސް ޣައްޒާއާ ދިމާއަށް ދަތުރުކުރަމުންދާއިރު، ބާކީ ހުރި އުޅަނދުތައް ނިރުބަވެރި ސިޙްޔޫނީން، އަޝްދޮދު ބަނދަރަށް ޓޯކޮށްފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ. ފްލޮޓިލާގެ ގިނަ އަދަދެއްގެ އުޅަނދުތަކެއް ނިރުބަވެރިންގެ ބާރުގެ ދަށަށް ގެންދިޔުމުގެ ސަބަބުން މިހަރަކާތުގެ ބައިވެރިންނަށް […]
ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ : އިސްރާއީލުގެ މުޅި ޑިޕްލޮމެޓިކް ވަފުދު އެގައުމުން ވަކިކުރުމަށް އަމުރުކޮށްފި !

ގްލޯބަލް ސުމޫދު ފްލޮޓިލާ ބޯޓުގައި ތިބި އެކްޓިވިސްޓުންނާއި ސިޔާސީ ބޭފުޅުން އިސްރާއީލު ސަހްޔޫނީން ވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ކޮލަމްބިއާގެ ދެ ރައްޔިތަކު ހިމެނޭއެވެ. މިކަމާއި ގުޅިގެން ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އިސްރާއީލުގެ މުޅި ޑިޕްލޮމެޓިކް ވަފުދު އެގައުމުން ވަކިކުރުމަށް ވަނީ އަމުރުކޮށްފައެވެ. ތިރީގައި އެވަނީ އިސްރާއީލު ސަހްޔޫނީން ފުރަޔަމަ ބަންދު ކުރި އެކްޓިވިސްޓުންނާއި ސިޔާސީ ބޭފުޅުންގެ މައުލޫމާތެވެ. 🇸🇪 ގްރެޓާ ތަންބަރގް – މޫސުމާ ބެހޭ އެކްޓިވިސްޓް 🇿🇦 މަންދުލާ މަންޑޭލާ – ނެލްސަން […]
ފުރަތަމަ ފަހަރަށް ގައްޒާގެ ކަނޑުގެ ތެރެއަށް ވަދެވުނު ގްލޯބަލް ސުމުދު ފްލޮޓިލާގެ އުޅަނދަށް ” މިކޭނޯ ”

ޣައްޒާއަށް ދަތުރުކުރާ އެހީގެ ކޮންވޯއީއެއް ކަމަށްވާ ގްލޯބަލް ސުމުދު ފްލޮޓިލާގައި ތިބި ބައިނަލްއަގްވާމީ 223 އެކްޓިވިސްޓުން އިސްރާއީލުގެ ސިފައިން ވަނީ ބަންދުކޮށްފަ އެވެ. 40 އަށް ވުރެ ގިނަ އުޅަނދު ހިފެހެއްޓިކަމަށް ރިޕޯޓް ކުރި ނަމަވެސް، އެއް އުޅަނދެއް ކަމަށްވާ މިކޭނޯ ކާމިޔާބުކަމާއެކު އިސްރާއީލުގެ ބްލޮކޭޑް ހުރަސްކޮށްފިއެވެ. މެޕުން ފެންނަ ގޮތުގައި ގްލޯބަލް ސުމުދު ފްލޮޓިލާގެ މިކެނޯ އުޅަނދު ހުއްޓުވާފައިވީ ނަމަވެސް، އެ އުޅަނދު އިސްރާއީލުގެ ކަނޑުގެ ސިފައިން ހުއްޓުވި ކަމެއް ނުވަތަ ހަމަލާއެއް ދިން ކަމެއް […]
ޣައްޒާ ފްލޮޓީލާ ހުއްޓުވަން ސަހްޔޫނީންގެ ނިކުމެއްޖެ

އިންސާނީ އެހީއާއި އެކު ޣައްޒާގެ ބަނދަރަށް ދަތުރުކުރަމުންދާ ފްލޮޓިލާ، މަންޒިލާއި ކައިރިވެފައިވަނިކޮށް، ފްލޮޓިލާ ހުއްޓުވުމަށް ނިރުބަވެރި އިސްރާއީލުން މަސައްކަތްކުރާކަމަށް މައުލޫމާތުލިބެއެވެ. ފްލޮޓިލާގެ މަސްދަރުތަކުން ބުނާ ގޮތުގައި އިސްރާއީލުގެ މަނަވަރުތަކުން ވަނީ ފްލޮޓިލާގެ ލީޑް ބޯޓު، އަލްމާ އާއި ސިރިއަސް ވަށާލައި، އެ ބޯޓުތަކުގެ މުވާސަލާތީ ޚިދުމަތްތައް ކަނޑާލާފައެވެ. އަދި އިސްރާއީލުގެ މަނަވަރުތަކުން ފްލޮޓިލާއަށް ހަމަލާދީފާނެކަމުގެ ބިރު އުފެދިފައިވާކަމަށްވެސް މި މަސްދަރުތަކުން ރިޕޯޓްކުރެއެވެ. ނަމަވެސް އިންތިޒާމް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފްލޮޓިލާއިން އަޒުމް ކަނޑައަޅާފައި ވަނީ ސުލްހަވެރިކަމާއެކު […]
އެންމެން ގުޅިގެން ފަލަސްތީނަށްޓަކައި

އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީތެރިވުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދީފައިވާ ކަމެކެވެ. މިގޮތުން، ފަލަސްތީނުގެ އަނިޔާ ލިބެމުންދާ ރައްޔިތުންނަށް އެހީތެރިވުމަކީ އަޅުގަނޑުމެންގެ ދީނީ އަދި އިންސާނީ ވާޖިބެކެވެ. މި މަތިވެރި މަޤްޞަދު ހާސިލުކުރުމަށް އައު ފުރުޞަތެއް މިހާރު ވަނީ ހުޅުވިފައެވެ. އެއީ “ޕެލެސްޓައިން ކޯލާ” ގެ ނަމުގައި ތަޢާރަފުކޮށްފައިވާ އައު މަޝްރޫޢެވެ. މި މުބާރަކު މަސައްކަތް ފަށައިގަތީ ޔޫއޭއީގެ ޝާރިޖާގައި ހުންނަ ވިޔަފާރިވެރިއެއް ކަމަށްވާ އަބްދުﷲ އަލް ޝެއިޚްއެވެ. މި މަޝްރޫޢުގެ މައިގަނޑު ދެ […]